ވިޔަފާރި

ޕާޓާގެ ކަލަންޑަރުގައި ޓްރެވަލް ކޮންފަރެންސް ހިމަނައިފި

Nov 12, 2016

ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) ގެ ކަލަންޑަރުގައި ރާއްޖޭގައި ބާއްވާ މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް ހިމަނައިފި އެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުގެ ޖަމްއިއްޔާ (މަޓާޓޯ) އިން އިންތިޒާމު ކޮށްގެން މިމަހުގެ 19 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގަ އެވެ. ޓްރެވަލް ކޮންފަރެންސުގައި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތައް ވާހަކަ ދައްކާނެ އެވެ. ކޮންފަރެންސްގައި ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަންގެ ތަޖުރިބާކާރު ފަރާތްތަކުން ވެސް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެ އެވެ.

ޕާޓާ އިން ފުޅާދާއިރާއެއްގައި މަޓާޓޯ ޓްރެވަލް އެވޯޑުގައި ބައިވެރިވަނީ އެ ޖަމިއްޔާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

ޕާޓާގެ މެމްބަރުންގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުގައި 8،000 އަށް ވުރެ ގިނަ ޖަމިއްޔާ ތިބެއެވެ. އަދި ޕާޓާގެ 43 ގޮފި ދުނިޔޭގެ އެކި ގައުމުތަކުގައި ހަރަކާތްތެރިވަމުންދެ އެވެ.

މަޓާޓޯއިން ވަނީ ޓްރެވަލް ކޮންފަރެންސުގެ އިތުރުން މަޓާޓޯ ޓްރެވަލް އެވޯޑު ވެސް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.