ހަބަރު

ނަޝީދުގެ ޝަރީއަތް މިރެއަށް ފަސްކޮށްފި

Mar 8, 2015

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގައި މިއަދު ހަވީރު 4:00 ގައި ބާއްވަން އޮތް ޝަރީއަތް މިރޭ 8:00 އަށް ފަސްކޮށްފި އެވެ.

ކޯޓުން ބުނީ ޝަރީއަތް ފަސްކުރީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ޑޮކިއުމަންޓްތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށެވެ. 

ނަޝީދުގެ ޝަރީއަތުގައި ރޭ އޮތް އަޑުއެހުމުގައި އޮތީ އަބްދުﷲ ގާޒީގެ އަނބިކަނބަލުންނާއި އަނބިކަނބަލުންގެ ދައްތައެއްގެ އިތުރުން ފުުލުސް އޮފިސަރެއްގެ ހެކި ބަހެވެ. އެއީ ދައުލަތުން ހުށަހެޅި ހެކިންނެވެ.