ލައިފްސްޓައިލް

ޒުވާންކަމުގައި ހުރުމަށް ރީނދޫ ވަރަށް މުހިންމު!

Nov 14, 2016
1

މިއީ ބަދިގެއިން އެންމެ ފަސޭހައިން އަތުޖެހޭނެ އެކައްޗެވެ. އަދި އަގު ހެޔޮކޮށް ފަސޭހައިން ރީތިވުމަށް ބޭނުންކުރެވޭ އެކައްޗެކެވެ. ނަމަވެސް ރީނދޫގެ ފައިދާ އެންމެ ރަނގަޅަށް ކުރާނީ ބަދިގޭގައި ކައްކަން ބޭނުންކުރާ ރީނދޫގެ ބަދަލުގައި ގޮށް ރީނދޫ ބޭނުން ކުރުމުން ނެވެ.

ރީނދޫގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސްގެ ސަބަބުން ހަމުގައި ހުންނަ ވިހަ މާއްދާތައް ނައްތާލާ މޫނު އަލިކޮށް އުޖާލާކޮށް އޮމާންކޮށްދެ އެވެ. އެގޮތުން މޫނުގައި ބިހި ނަގާ އަދި ލަކުނު ފިލުވާލުމަށް މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ޑްރައި ސްކިން އަށް

މޫނުގެ ހަން ކުރަކިވުމުގެ މައްސަލަ ދިމާވާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު މާސްކެކެވެ. އެއްސަމުސާ ރީނދޫގެ ތެރެއަށް އެއް ސަމުސާ ކިރު އަދި ފެން ފޮދެއް އަޅާ ޕޭސްޓެއް ގޮތަށް ރަނގަޅަށް މިކްސް ކޮށްލާށެވެ. އަދި މޫނުގައި 15 މިނެޓް ވަންދެން އުނގުޅައިގެން ހުރުމަށްފަހު ރީތި ފެންފޮދަކުން ދޮވެލާށެވެ.

ބިހި ނަގާ މޫނަށް

މޫނުގައި ބިހިނެގުން ހުއްޓުވުމަށް މި މާސްކު ގަވައިދުން ބޭނުން ކުރަންވާނެ އެވެ. އެގޮތުން ދެ ސަމްސާ ކާޑްގެ ތެރެއަށް ދެ ސަމްސާ ރީނދޫ އެއްކުރާށެވެ. އަދި ބައި ސަމްސާ ކެލާ އެއްކުރުމަށްފަހު ޕޭސްޓެއްގެ ގޮތަށް ތައްޔާރުކޮށްލާށެވެ. މި މާސްކް ވެސް 15 މިނެޓް ވަންެދެން އަޅައިގެން ހުންނަންވާނެ އެވެ.

މޫނު ތެޔޮވާނަމަ

ސަމްސަލުގެ ހަތަރު ބައި ކޮށްފައި އެއްބައި ހުންނަވަރުގެ ރީނދޫގެ ތެރެއަށް ކާށިތެޔޮ އެއްކޮށްލާށެވެ. އަދި 10 ވަރަކަށް މިނެޓް ވަންދެން މޫނުގައި އުނގުޅައިގެން ހުރުމަށްފަހު ދޮވެލާށެވެ.

ރީނދުލަކީ ފަސޭހައިން ހެދުމުގައި ކުލަ ޖެހުނަސް ފިލާ އެއްޗަކަށް ނުވާތީ މި ފޭސްމާސްކު ބޭނުން ކުރަންވާނީ ވަރަށް ބަލައިގެންނެވެ. އަދި ފޭސް މާސްކު ބޭނުން ކުރުމަށްފަހު މޫނުން ރީނދޫ ކުލަ ނުފިލާނަމަ ލުނބޯ ކޮޅެއް މޫނުގައި އުނގުޅާލުމުން ރީނދޫ ކުލަ ފިލާނެ އެވެ. ނުވަތަ މޫނު ސާފު ކުރަން ގެންގުޅޭ ޓޯނާ ކޮޅެ ކަފަކޮޅެއްގައި އުނގުޅާލުމަށްފަހު މޫނު ސާފުކޮށްލުމުން ވެސް ކުލަ ފިލާނެ އެވެ.