ބޭރު ކުޅިވަރު

ބާސާގައި ދެމިހުންނަން މެސީއަށް ފަހު ފުރުސަތު

Nov 16, 2016

ބާސެލޯނާގެ ކޮންޓްރެކްޓް އާ ކުރުމާމެދު ލިއޮނަލް މެސީ ގޮތެއް ނިންމުމަށް އޭނާއަށް ފަހު ފުރުސަތު ދިނުމަށް ބާސާއިން ނިންމައިފި އެވެ.

މި އަހަރުގެ ޖުލައި މަހުވެސް ބާސާއިން ވަނީ މެސީގެ ކޮންޓްރެކްޓް އާ ކުރުމަށް އޭނާ އަށް ހުށަހަޅާފަ އެވެ. ނަމަވެސް އޭރު އޭނާ ވަނީ އެކަމަށް ނޫނެކޭ ބުނެފަ އެވެ. ސްޕެއިންގެ ކުޅިވަރު ނޫސްތައް ބުނީ ކޮންޓްރެކްޓް އާ ކުރުމާ މެދު ބާސާއިން މެސީއާ ދިގުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި އޭނާ އާނ ބަސް ބުނާނެ މާހައުލެއް އުފެއްދުމަށް ބާސާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބާސާ އޮތީ އަހަރަކު 50 މިލިއަން ޔޫރޯގެ އާންމުދަނީއެއް ލިބޭވަރުގެ މުސާރައެއް މެސީ އަށް ހުށަހެޅުމަށް ތައްޔާރަށެވެ.

ނަމަވެސް ކޮންޓްރެކްޓަށް އިތުރު އިނާޔަތްތައް ހަމަޖެއްސުމަށް އޭރު ބާސާއިން ވާހަކަ ދައްކަން ތައްޔާރުވެފައި ނެތުމުން މިހާތަނަށް މެސީގެ ޖަވާބެއް އޮތީ ނުލިބިއެވެ.