ބޭރު ކުޅިވަރު

މެސީއަށް ސީޒަން ނިންމާލަން ޖެހުނީ ނާކާމިޔާބީއާ އެކު

އެމެރިކާގެ ފުޓުބޯޅަ ލީގުގެ ސީޒަން ނާކާމިޔާބުވެ، ލިއޮނަލް މެސީ ސީޒަން ނިންމާލައިފި އެވެ.

ސީޒަންގެ ފަހު މެޗުގައި ޝާލޮޓް އެފްސީ އާއި މެސީގެ އިންޓަ މަޔާމީ އިއްޔެ ބައްދަލުކުރި ޝާލޮޓް ކާމިޔާބުކުރީ 0-1ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި މެސީ ވަނީ ފުލް ޓައިމް ކުޅެފަ އެވެ. ނަަމަވެސް އިންޓަ މަޔާމީ އަށް މި މެޗުގައި ކޮންމެ ނަތީޖާއެއް ނެރެވުނު ނަމަވެސް ލިބޭނެ އެއްވެސް މޮޅެއްވެސް ނެތެވެ.

އުތުރުގެ ކެރަލައިނާ ސިޓީގެ ބޭންކް އެމެރިކާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހަަމައެކަނި ގޯލެއް ޖަހާފައިވަނީ ޗާލޮޓް އެފްސީގެ ކުޅުންތެރިޔާ ކާވިން ވާގަސް އެވެ.

ޗާލޮޓް އެފްސީ އިން މެޗު ކާމިޔާބު ކުރި ނަމަަވެސް އިންޓަ މަޔާމީ އަށް ގޯލް ޖެހުމަށް ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަ އެވެ.

ޗާލޮޓްގެ މި މޮޅާއި އެކު އެ ޓީމު ވަނީ ފުރަތަމަ ފަހަރަށް މޭޖާ ލީގަށް ކޮލިފައިވުމަށް ޕްލޭއޮފްއިން ޖާގަ ލިބިފަ އެވެ.