ވިޔަފާރި

ފަސް ރުފިޔާގެ ނޫޓު އުވާލައި، 1000 ރުފިޔާގެ ނޫޓް ތައާރަފު ކުރަނީ

Mar 9, 2015
1

މިހާރު ބޭނުން ކުރަމުން ގެންދާ ފަސް ރުފިޔާގެ ނޫޓު، ފައިސާ ފޮއްޗަކަށް ބަދަލުކޮށް 1000ރ. ގެ ނޫޓް ތައާރަފު ކުރަން މަރުކަޒީ ބޭންކުން ނިންމައިފި އެވެ.

މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވީ އަލަށް ނެރޭ ރަންދިޔަ ފަހެއްގެ ނޫޓު ސެޓު ތައާރަފު ކުރާއިރު، މިހާރު ބޭނުން ކުރަމުން ގެންދާ ފަސް ރުފިޔާގެ ނޫޓުގެ ބަދަލުގައި ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ނެރެން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން ގެންދާ 500ރ، ގެ ބަދަލުގައި އެންމެ ބޮޑު ނޫޓެއްގެ ގޮތުގައި 1000ރ. ގެ ނޫޓު ތައާރަފު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޒީމާ ވިދާޅުވީ މި ނޫޓުތައް ތައާރަފު ކުރަނީ ބޭރުންކުރާ މީހުންނަށް ފަސޭހަވާނެ ގޮތަށް ބަލައިގެން ކަމަށެވެ.

"ދިރާސާއިން ދައްކާ ގޮތުގައި ފަސް ރުފިޔާވަނީ މާރުކުރާ ޑިނޯމިނޭޝަނަކަށް ވެފަ. އެހެންވެ ފަސް ރުފިޔާގެ ފައިސާ ފޮއްޗެއް ތައާރަފު ކުރަނީ،" އަޒީމާ ވިދާޅުވި އެވެ