ހަބަރު

އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރާ ރައީސް ބައްދަލު ކުރައްވައިފި

Mar 9, 2015

އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް ‏‏(އޭޑީބީ) ގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ސާމީ ސަޢީދު ރައީސް އަބްދުﷲ ޔާމީނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ބައްދަލުކުރެއްވުމުގައި، ‏‏އޭޑީބީގެ އެހީގައި ރާއްޖޭގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، އިގްތިސޯދީ ‏‏އަދި އެހެނިހެން ދާއިރާތަކުން އޭޑީބީގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެއްވުމާ ބެހޭގޮތުން ‏‏ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.‏

ރައީސް ޔާމީންގެ ވާހަކަފުޅުގައި، ‏‏ތަރައްޤީގެ ރޮނގުން ރާއްޖެއިން ކުރާ ހުރިހާ މަސައްކަތެއްގައި އޭޑީބީންދޭ އެހީތެރިކަމާއި އެއްބާރުލުން ‏‏ފާހަގަކުރައްވައި، ‏‏ޝުކުރު އަދާކުރެއްވިއެވެ.‏

އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރު ވަނީ ރާއްޖޭގެ އިގްތިސޯދު ‏‏ފުޅާކުރަން ރައީސް ޔާމީނުގެ ސަރުކާރުން އަޅާ ހަރުދަނާ ފިޔަވަޅުތަކުގެ ‏‏މައްޗަށް އަލިއަޅުއްވައިލައްވައި ތަޢުރީފު ކުރައްވާފަ އެވެ. އަދި، ސަރުކާރުން ކުރާ މަސައްކަތުގައި އޭޑީބީގެ އެއްބާރުލުމާއި ‏‏އެހީތެރިކަން އަބަދުވެސް އޮންާނެ ކަމަށް ވިދާޅުވި އެވެ.