ހަބަރު

އެސްޓީއޯގެ އެމްޑީ ކަމުން އާޒިމް ވަކިކޮށްފި

Mar 9, 2015
1

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން އާދަމް އާޒިމް މިއަދު ވަކިކޮށްފި އެވެ.

އާޒިމް އެ މަގާމުން ވަކި ކުރެއްވުމާ އެކު އެ މަގާމަށް އަހުމަދު ޝަހީރު ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ދެންމެ ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ވަޒީފާއިން ވަކި ކުރެއްވި ފަހުން އާޒިމް އޭނާގެ ފޭސްބުކް މެދުވެރިކޮށް ވިދާޅުވެފައި ވަނީ ބަނގުރޫޓުވެފައިވާ ކުންފުންޏެއް ނަގާ ކޮޅަށް ޖަހައި ދިނުމުގެ ފުރުސަތު ދެއްވީ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އާޒިމަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޯފުޅެވެ. ނާޒިމް ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާ މަގާމުން ވަނީ ވަކިކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް މިހާރު ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ.

އާޒިމް އެ މަގާމަށް ހަމަޖެއްސެވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެން ނޮވެމްބަރު، 2013 ގަ އެވެ.