ބޭރު ކުޅިވަރު

ބޭލް އަށް އަނިޔާވެ ބާސާ މެޗްގައި ކުޅެވޭނެ ކަމުގެ ޔަގީން ކަމެއް ނެތް

Nov 23, 2016

ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖްގައި ރޭ ޕޯޗްގަލްގެ ސްޕޯޓިން ލިޒްބަން އާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި ގެރެތު ބޭލްއަށް އަންނަ މަހު ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލްކްލެސިކޯ މެޗް ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ރޭ ގެ މެޗްގައި ބޭލް އަށް އަނިޔާވެ ދެ ވަނަ ހާފުގެ ކުރީ ކޮޅު ވަނީ ބަދަލުކޮށްފަ އެވެ. އެންމެ ފަހުން ރެއާލް ކުޅުނު ތިން މެޗްގައި އޭނާ ވަނީ މުޅި މެޗްގައި ކުޅެފަ އެވެ.

"މިއަދު ރެއާލްގެ މެޑިކަލް އޮފީޝަލުން ބޭލްގެ އަނިޔާގެ ޓެސްޓްތައް ހަދާނެ، ނަތީޖާ ތައް ލިބުނީމަ އެނގޭނީ ކުރިއަށް ދާންވީ ގޮތެއް" ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުންޏެވެ.

ބޭލް އަށް އަނިޔާވުމަކީ ޒިދާން އަށް ކުރިމަތިވާނެ ބޮލުގެ ރިހުމެކެވެ. އެއީ ރެއާލްގެ މުހިންމު ހަތަރު ކުޅުންތެރިޔަކަށް މިހަރުވެސް އަނިޔާވެފައިވުމެވެ. މިހާރުވެސް އަނިޔާގައި ތިބި ކުޅުންތެރިންނަކީ ޑިފެންޑާ ޕެޕޭ އާއި މެދުތެރޭގައި މުހިންމު ދެ ކުޅުންތެރިން ކަަމަށްވާ ޓޯނީ ކްރޫޒް އާއި ކެސެމީރޯގެ އިތުރުން އަލްވާރޯ މޮރާޓާ އަށްވެސް ވަނި އަނިޔާވެފަ އެވެ.

މޮރާޓާ އަށް ބާސާ މެޗްގައި ނުކުޅެވޭނެ ކަން ވަނީ ޔަގީންވެފަ އެވެ. މި ސީޒަންގެ ފުރަތަމަ އެލްކްލެ:ސިކޯ މެޗް އޮންނާނި އަންނަ މަހު ތިން ވަނަ ދުވަހު ބާސާގެ ކޭމްޕް ނޫ ސްޓޭޑިއަމްގައި ރާއްޖޭގަނޑިން އެރޭ 8:15 ގަ އެވެ.