ހަބަރު

ކްލެމެންސީ ބޯޑަށް ޖައުފަރު އައްޔަން ކުރަނީ

ކްލެމެންސީ ބޯޑަށް އައްޔަން ކުރަން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދުގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ކްލެމެންސީ ބޯޑުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވަކިކުރުމާ ގުޅިގެން އެ މަގާމް ހުސްވެފައިވާތީ މަޖިލީހުގެ ރިޔާސަތުން މިއަދު ވަނީ އެ ކްލެމެންސީ ބޯޑަށް މެންބަރެއްގެ ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން ޖައުފަރު ގެ ނަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ އެވެ.

އިތުރު މެންބަރެއްގެ ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން އިތުރު މެންބަރެއްގެ ނަން ހުށަހަޅުއްވާފައެއް ނުވެއެވެ. އެގޮތުން ރިޔާސަތުން ވަނީ އެ ފުރުސަތު ބަންދުކޮށްފަ އެވެ.

ކްލެމެންސީ ބޯޑުން ވަހީދު ވަކިކުރަން ރައިސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ޕީޕީއެމް ފަރާތުން ހުށަހެޅި ގަރާރު ފާސްކުރީ މިދިޔަ އަނގާރަ ދުވަހު އެވެ. އަދި ރައީސް އޮފީހުން އިއްޔެ ވަނީ ވަހީދަށް ސިޓީއެއް ފިނުވާ އެ މަގާމުން ވަކިކޮށްފައިވާކަން އަންގާފަ އެވެ.