ވިޔަފާރި

ނަންނި އިންޖީނުގެ އަގު ހެޔޮކޮށް، އިނާމުތަކާއެކު ޕްރޮމޯޝަނެއް!

Nov 28, 2016
  • ޕްރޮމޯޝަންގައި 15 ޕަސެންޓ ޑިސްކައުންޓް
  • ތެޔޮ ހަރަދު ކުޑަ އަޑު މަޑު އިންޖީނެއް
  • ކުދި ޑިންގީ ފަހަރުގައި ވެސް ބޭނުންކުރެވޭ

ވީއޭއެމްކޯ އިން ވިއްކާ "ނަންނި" އިންޖީނުގެ އަގު ވަރަށް ބޮޑުތަން ހެޔޮކޮށް، ގިނަ އިނާމުތަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އޯކިޑް މަގުގައި ހުންނަ ވީއޭއެމްކޯގެ ޝޯވް ރޫމްގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި މި އިންޖީނުން 15 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ޖެނުއަރީ މަހުގެ ނިޔަލަށެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ވީއޭއެމްކޯގެ ޑިރެކްޓަރު މުހައްމަދު ޒުބައިރު ވިދާޅުވީ ފްރާންސުގެ މޮޅު އުފެއްދުމެއް ކަމަށްވާ ނަންނި އިންޖީނަކީ ދުނިޔޭގައި މަގުބޫލުކަން ހޯދާފައިވާ އިތުބާރު ހުރި އިންޖީނެއް ކަމަށެވެ.

"މި އިންޖީނަކީ ޔޫރަޕިއަން ސްޓޭންޑަޑްގެ އިންޖީނެއް. މީގެ ހާއްސަ އެއް ކަމަކީ މި އިންޖީނު ހުންނާނީ ކުދިކޮށް ހަދާފައި،" އަހުމަދު ވިދާޅުވި އެވެ.

ނަންނި އިންޖީނުގައި 10 ހޮސްޕަވަރުން ފެށިގެން ގޮސް 135 ހޮސްޕަވަރާ ހަމަ އަށް ހުރެ އެވެ.

އަހުމަދު ވިދާޅުވީ މި އިންޖީނަކީ ކުދި ޑިންގީ ފަދަ އުޅަނދު ފަހަރުގައި ވެސް އަޅައިގެން ބޭނުން ކޮށްލެވޭ ފަދަ ކުޑަ އިންޖީނެއް ކަމަށެވެ.

"ބޮޑެތި 60 ފޫޓުގެ އޮޑި ފަހަރުގައިވެސް މި އިންޖީނު އެޅޭނެ،" އަހުމަދު ވިދާޅުވި އެވެ.

ހަތަރު ގޮތަކަށް ބޭނުން ކުރެވޭ

ވީއޭއެމްކޯއިން މި އިންޖީނު ވިއްކަމުން ގެންދާތާ ދެ އަހަރު ވެއްޖެ އެވެ. މި އިންޖީނުތައް ފަރުމާކޮށްފައިވަނީ ކުދި އިންޖީނުގެ ތަކުގައި ހަރުކޮށްލައިގެން ހަލުވި ސްޕީޑް ނެގޭ ގޮތަކަށެވެ. މި އިންޖީނު ހަތަރު ގޮތަކަށް ބޭނުން ކުރެވުމެވެ. މިގޮތުން "ޝާފް ޑްރައިވް" އާއި "ސެއިލް ޑްރައިވް" އަދި "ސްޓަން ޑްރައިވް" ގެ އިތުރުން "ވޯޓާ ޖެޓް" ގެ ގޮތުގައި ވެސް ބޭނުން ކޮށްލެވެ އެވެ.

"ސްޓަން ޑްރައިވް ބޭނުން ކުރުމަކީ އައުޑް ބޯޑް އިންޖީނުގެ ގޮތުގައި ވެސް ބޭނުން ކޮށްލެވޭނެ. ވޯޓާ ސްޕޯޓްސް ސެންޓަރުގައި ގެންގުޅޭ ޕަރަސެއިލިންގެ އުޅަނދު ފަހަރުގައިވެސް ބޭނުން ކޮށްލެވޭނެ،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖޭގައި މަގުބޫލުކަން މައްޗަށް!

އަހުމަދު ވިދާޅުވީ ނަންނި އިންޖީނުގެ މަގުބޫލުކަން ރާއްޖޭގައި މަތިވަމުންދާ ކަމަށެވެ.

"ދެ އަހަރު މިވީ ގެނައިތާ. މި ދުވަސްވަރާ ބަލާއިރު ރަނގަޅު ތަރުހީބު. ތަރުހީބު މަތިވަމުން ދަނީ،" އަހުމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން ދިއުމާއެކު މި އިންޖީނުގެ ޑިމާންޑްވެސް މަތިވަމުންދާ ކަމަށެވެ.

"މިހާރު ގެސްޓްހައުސް އޯނަރުން އެދެމުންދޭ މި އިންޖީނު ބޭނުން ވެގެން. ވޯޓާ ސްޕޯޓްސް ޕެރަސެއިލިން ފަދަ ކަންކަމުގައި. އެކްސްކާޝަން އުޅަނދު ފަހަރުގައި ބޭނުން ކުރުމަށް،" އަހުމަދު ވިދާޅުވި އެވެ.

ޕްރޮމޯޝަންގައި އެއްލައްކަ ރުފިޔާގެ ހަދިޔާ

މި ޕްރޮމޯޝަންގެ ދަށުން "ނަންނި" އިންޖީނެއް ގަތުމުން ގާތްގަނޑަކަށް އެއް ލައްކަ ރުފިޔާގެ އަގުހުރި ހަދިޔާތައް ލިބެ އެވެ. މި ޕްރޮމޯޝަންގައި ދޭ ހަދިޔާތަކުގެ ތެރޭގައި ދުރުމި އާއި ފައިފް ޖެކެޓު، ކޫލަންޓް އަދި ސައިލެންސަރު ހެދުމަށް ބޭނުންކުރާ ސާމާނު ހިމެނެ އެވެ.

ވީއޭއެމްކޯގެ ނަންނި އިންޖީނަށް އެއް އަހަރުގެ ވޮރަންޓީ ދެ އެވެ. އަދި މި އިންޖީނުގެ ފުލް ސްޕެއާގެ އިތުރުން މަރާމާތުކޮށް ދިނުމުގެ ހިދުމަތްވެސް ދެ އެވެ.