މިއަންމާގެ އަސްކަރިއްޔާއިން އެގަމުގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިނގަމުންދާ ގަތުލު އާންމުން ސަލާމަތްވުމަށް މިއަންމާ ދޫކޮށް ބަންގްލާދޭޝް އަށް ދިޔަ ރޮހިންޔާ މުސްލިމުންނަށް އެގައުމުން ވެސް ހުރަސް އަޅައި އަނބުރާ ފޮނުވާލައިފިއެވެ.
ބަންގްލާދޭޝް އާއި މިއަންމާއާ ދެމެދު އޮންނަ ނަފް ކޯރު ހުރަސްކޮށް ދިޔަ އެއް ހާހަށްވުރެ ގިނަ މީހުން ބަންގްލާދޭޝް ސަރުކާރުން ވަނީ އަނބުރާ ފޮނުވާލާފައެވެ. އެގޮތުން މީހުން ގޮވައިދެން ދަތުރު ކުރި އަށް ބޯޓެއް އިއްޔަ އާއި މިއަދުވެސް އަނބުރާ ފޮނުވާލިއެވެ.
ބަންގުލަދޭޝްގެ ބޯޑަރު ގާޑްގެ އިސް އޮފިސަރު އަބްޒުހަރު އަލް އާޒާދު ބަންގުލަދޭޝްގެ އޭއެފްޕީ ބިއުރޯއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދުވެސް އައި ރޮހިންޔާ މުސްލިމުން ގޮވައިގެން މިއަދުވެސް އައި ދެ ބޯޓާއި އިއްޔަ އައި ހަ ބޯޓް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
"މި އިން ކޮންމެ ބޯޓެއްގައި 12 ނުވަތަ 13 ރޮހިންޔާ މުސްލިމުން ތިބޭ،" އާޒާދު ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ގޮވާލާފައިވަނީ މިއަންމާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލް އާންމު ހުއްޓާ ލުމަށާއި ބަންގްލަދޭޝް އަށް އަންނަ ރޮހިންޔާ މުސްލިމުން ހުއްޓުވުމަށެވެ.
ބަންގްލަދޭޝްގެ ސަރުކާރުން ރޮހިންޔާ މުސްލިމުން އައުން ހުއްޓުވާ އަނެއް ސަބަބަކީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކުން ރޮހިންޔާ ދަރިކޮޅު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދިއުމެވެ. އިދިކޮޅު ޕާޓީން ވަނީ ރޮހިންޔާ ދަރިކޮޅުގެ 1000 މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދީފައެވެ.
އަދި އިދިކޮލު ޕާޓީތަކުން އިސްނަގައިގެން ރޮހިންޔާ ދަރިކޮޅު މީހުންނާ ދެކޮޅަށް ހިންގާ ގަތުލް އާންމު ހުއްޓާލުމަށް ވެރިރަށް ޑާކާގައިވަނީ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ. --އަލް ޖަޒީރާ