ރައީސް ކަމުގެ ބާރު ނަހަމަގޮތުގައި ބޭނުން ކުރުމާއި ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ދެކުނު ކޮރެއާގެ ރައީސް ޕާކް ޖިއުން ހޭ އަށް ޖަވާބު ދާރީވަން ފުރުސަތު ދިނުމުން އެކަމަށް ދެކޮޅު ހެދުމުން އޭނާ އާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް އިތުރަށް ހޫނު ވެއްޖެއެވެ.
ޕްރޮސިކިއުޓަރު އޮފީހަށް ޕާކްގެ ވަކީލު ޔޫ ޔޮންގް ހާ ފޮނުއްވި އެސްއެމްއެސްގައި ވިދާޅުވެފައިވަނީ "ރައީސް އުޅުއްވަނީ ވަރަށް ބުރަކޮށް" ކަމަށެވެ.
"ރައީސް މަސައްކަތް ކުރައްވަނީ މިވަގުތު ގައުމުގައި އޮތް ހާލަތު ކޮންޓްރޯލް ކުރުމަށް ވަގުތު މާދަމާ ވެސް ވަގުތު ދެވިދާނެ ކަމުގެ ޔަގީން ކަމެއް ނެތް،" ޔޮންގް ހާ ޕްރޮސިކިއުޓާ އޮފީހަށް ފޮނުވާފައިވާ އެސްއެމްއެސްގައި ވިދާޅުވެފައިވެއެވެ.
ސޯލްގެ ޕްރޮސިކިއުޓާ އޮފީހުން ބުނީ މައްސަލަ ތަހްގީގު ކުރުމުގައި ޕާކްގެ ފަރާތުން ލިބެންޖެހޭ "އެއްބާރުލުން ލިބެމުން ނުދާ" ކަމަށެވެ.
ޕާކްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތު ކުރެވިފައިވަނީ ސަރުކާރުގެ ސިއްރު ޑޮކިޔުމެންޓްތަކެއް ކަލްޓަށް ނިސްބަތްވާ ޕާކްގެ ރައްޓެއްސެއް ކަމަށްވަ ޗޮއި ސޫން ސިލްއާ ހިއްސާ ކުރުމުންނެވެ.
ޕާކްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތު ކުރެވިފައިވަނީ ސަރުކާރުގެ ސިއްރު ޑޮކިޔުމެންޓްތަކެއް ކަލްޓަށް ނިސްބަތްވާ ޕާކްގެ ރައްޓެއްސެއް ކަމަށްވަ ޗޮއި ސޫން ސިލްއާ ހިއްސާ ކުރުމުންނެވެ.
މުޒާހަރާ ކުރާ ފަރާތްކުން ބުނެފައިވަނީ އެންމެ ފަހުން ބޭއްވި މުޒާހާރާތަކުގައި 1.5 މިލިއަން މިހުން ބައިވެރިވެފައިވާ ކަަމަށެވެ. މިއީ 1987 ގައި ދެކުނު ކޮރެއާއަށް ޑިމޮކްރަސީ އައިފަހުން އެގައުމުގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާއެވެ.