ވިޔަފާރި

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް: ކޮންމެ ހަފުތާއަކު ދުބާއީ ދަތުރެއް!

Nov 29, 2016

ދިރާގު ޕޯސްޓް ޕެއިޑް ހިދުމަތް ބޭނުންކުރާ މީހުންނާއި އަލަށް ހިދުމަތް ހޯދާ މީހުންނަށް ކޮންމެ ހަފުތާއަކު ދުބާއީއަށް ދެވޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ދިރާގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އިންޖާދު ޖަލީލު ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހަ ހަފުތާގައި އިނާމު ދޭނެ ކަމަށާއި، އެގޮތުން ކޮންމެ ހަފުތާއަކު ނަސީބުވެރިއެއް ހޮވާނެ ކަމަށެވެ.

ދިރާގުން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ދުބާއީ ދެކޮޅު ޓިކެޓުގެ އިތުރުން ފަސް ދުވަހުގެ ހުރުމާއި ޓްރާސްޕޯޓް އަދި 500 ޑޮލަރުވެސް ދޭނެ އެވެ. މި ޕްރޮމޯޝަންގައި ނަސީބުވެރިއަކަށް ހޮވޭ ފަރާތަަކަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ލިބެ އެވެ. އަދި

ޕްރޮމޯޝަންގައި ގިނަ އިނާޔަތް ތަކެއް

ދިރާގުން މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ޕޯސްޓްޕެއިޑްގެ ހިދުމަތް ނަގާ ފަރާތްތަކަށް ހާއްސަ އިނާޔަތް ތަކެއްވެސް ލިބޭ ގޮތަށެވެ.އެގޮތުން އެއް ޖީބީ މޮބައިލް ޑޭޓާ އާއި ތިން މަސް ދުވަހުގެ ޕޯސްޓް ޕެއިޑް ފީ އިން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ.

މެނޭޖަރު އިމްޖާދު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ދުބާއީއަށްދާ މީހުންނަށް އެ ގައުމުގެ މަޝްހޫރު ތަންތަން ބަލައިލުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. މިގޮތުން މި ދަތުރުގައި ބަލައިލުމުގެ ފުރުސަތު ލިބޭ މަޝްހޫރު ބައެއް ތަންތަނުގެ ތެރޭގައި އަބޫދާބީ ސިޓީޓުއާ އަދި ޑެޒަޓް ސަފާރީ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެންމެ ބޮޑު 3ޖީ އަދި 4ޖީ ނެޓްވޯކްގައި ހިދުމަތް ބޭނުން ކޮށްލައިގެން އިނާމު ހޯދުމަށް މި ލިބެނީ ރަނުގެ ފުރުސަތެއް،" އިމްޖާދު ވިދާޅުވި އެވެ.

މި ޕްރޮމޯޝަންގެ ކާމިޔާބުވާ ފަރާތްތަކަށް އަންނަ މަހުގެ މާޗް މަހުގެ ނިޔަލަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.