ހަބަރު

ދޫނިދޫ ކައިރީ މުޒާހަރާ ކުރި ހަތް މީހަކު ހައްޔަރުކޮށް ދޯނި ހިފަހައްޓައިފި

Mar 10, 2015

މާލެ ކަރީގައި އޮންނަ ސަރުކާރުގެ ތަހުގީގު ޖަލު ހިންގާ ރަށް، ދޫނިދޫ ކައިރީގައި މުޒާހަރާކޮށް ދޫނިދޫއަށް ވަންނަން މަސައްކަތް ކުރި ހަތް މީހަކު ހައްޔަރުކޮށް އެމީހުން ތިބި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑަ) އިސްވެ ހުންނަވައިގެން ކަނޑުމަތީގައި މުޒާހަރާކޮށް ދޫނިދޫއަށް ވަންނަން މަސައްކަތް ކުރި މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށް މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. އެމީހުން ދޫނިދޫ ކައިރީގައި މުޒާހަރާ ކުރި އިރު މިހާރު ޓެރަރިޒަމް ދައުވާ އުފުލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ވަނީ އެރަށުގަ އެވެ.