މޯލްޑިވްސް ޕޮލިސް ސާވިސް

މާރާމާރީ ހިންގި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި

މާރާމާރީ ހިންގި ބިދޭސީ މީހާ، އޭވިއޭޝަން ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުގައި
0%
0%
0%

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގައި މާރާމާރީ ހިންގި ބިދޭސީ މީހާ ކޯޓުން ދޫކޮށްލައިފި އެވެ.

އެއާޕޯޓްގައި މިއަދު ހެނދުނު ހިނގި މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެކަމަކު ކޯޓުން ކުރި ޝަރުތުތަކާ ގުޅޭގޮތުންވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ބިދޭސީ މީހާ އެއާޕޯޓް މުވައްޒަފުންނާ މާރާމާރީ ހިންގީ އޭނާ ރާއްޖެ ގެނައި ލަގެޖުތަކަށް އިތުރަށް ފައިސާ ދައްކަންޖެހުމުން އެކަމާ ރުޅި އައިސްގެން ކަމަށްވެ އެވެ.

މާރާމާރީގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުގައި އިން ބިދޭސީ މީހާ ދެ މީހެއްގެ ގައިގައި ޖަހާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. އެ މީހާ ހުއްޓުވާ ދުރަށް ގެންދަނީވެސް އެތަނުގައި ތިބި ބައެކެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރާތީ ވީއައިއޭ ހިންގާ ކުންފުނި -- އެމްއޭސީއެލް އިން މިމައްސަލައިގައި ވާހަކަދައްކާކަށް ބޭނުމެއް ނުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910