މޯލްޑިވްސް އިމިގްރޭޝަން

ގަވާއިދާ ހިލާފަށް ބިދޭސީއަކު ޓެކްސީ ހިދުމަތެއް ނުދޭ: އިމިގްރޭޝަން

ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ޓެކްސީތަކެއް މަޑުކޮށްލައިގެން -- ފޮޓޯ: އަވަސް
0%
0%
0%

ގަވާއިދާ ހިލާފަށް ބިދޭސީއަކު ޓެކްސީގެ ހިދުމަތް ނުދޭ ކަމަށާއި، ހިދުމަތް ދޭކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ދޮގު މައުލޫމާތު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައިވަނީ ރެޒިޑެންސް ވިސާ ނެތި އާންމުކޮށް ޓެކްސީ ކުރާ ބިދޭސީއެއް ކަމަށް ބުނެ މީހެއްގެ މައުލޫމާތު ހާމަކޮށްފަ އެވެ.

މި މީހާ ވެލާނާ އިންޓްނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހިފެހެެއްޓުމަށްފަހު ޖޫރިމަނާކޮށް ފުލުހުން އޭނާ ދޫކޮށްލީ ކަމަށްވެސް ސޯޝަލްމީޑިއާގައި ބުނެފައިވެ އެވެ.

ނަމަވެސް އިމިގްރޭޝަނުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވާ ކަމަށާއި އޭނާއަކީ ދިވެއްސަކާއި ކައިވެނިކޮށް، ސައްހަ ރެސިޑެންސް ވިސާ އޮންނަ ފަރާތެއްް ކަމަށެވެ.

"މި ބިދޭސީ ފަރާތަކީ ދިވެއްސަކާއި ކައިވެނިކޮށް، ސައްހަ ރެސިޑެންސް ވިސާ ގެ އިތުރުން ޓެކްސީ ހިދުމަތް ދިނުމުގެ ހުއްދަ އަދި ލައިސަންސް އޮތް ފަރާތެއްކަން ވަނީ ކަށަވަރުކުރެވިފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިމިގްރޭޝަނުން އަންނަނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަތައް ބެލުމަށްފަހު އެމީހުން ޑީޕޯޓްކުރަމުންނެވެ. އެގޮތުން މިހާރު 3000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345