އެމްއޭސީއެލް

އެމްއޭސީއެލްގެ އުޅަނދެއް ވަގަށް ނެގުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މީހަކު ފަތުރުވެރިޔަކަށް ހިދުމަތް ދެނީ -- ފޮޓޯ: އަވަސް
0%
0%
0%

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އުޅަނދެއް ވަގަށް ނެގުމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެމްއޭސީއެލްގެ އުޅަނދެއް ގެއްލިގެން ރިޕޯޓްކޮށްފައިވާ ކަމަށާއި ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުނެފައިވެ އެވެ.

ގެއްލިގެން އުޅޭ އުޅަނދާއި އަދި ހައްޔަރުކުރި ބަޔަކާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ނޫހަކުން މިމައްސަލަ މީގެކުރިން ރިޕޯޓްކޮށްފައިވާއިރު އެ ނޫހުން ބުނާ ގޮތުން ވަގަށް ނަގާފައިވަނީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަށް ހާއްސަކޮށްފައި އޮންނަ ހަތް ސީޓުގެ ލަގްޒަރީ ކާރެކެވެ.

ފުލުހުންގެ އެހީތެރިކަމާ އެކު މި ވެހިކަލް މިހާރު ހޯދާފައިވާ ކަމަށްވެސް މިމައްސަލަ އެންމެ ފުރަތަމަ ރިޕޯޓް ކުރި ނޫހުން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910