ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އެމެޖެންސީ ހާލަތަކަށް ތާއްޔާރުުވާން އެއާޕޯޓުގައި ބޮޑު އެކްސަސައިޒެއް

އެމެޖެންސީ ހާލަތައް ދިމާވެ އެފަދަ ހާލަަތެއްގައި އަމަލުކުރާނެ ގޮތަށް ތައްޔާރުވުމުގެ ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ގައި ބޮޑު އެކްސަސައިޒްއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

"އެއާޕޯޓް ފުލް ސްކޭލް އެެމެޖެންސީ އެކްސައިޒް"ގެ ނަމުގައި މި އެކްސައިޒް ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހު އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއީ އެއާޕޯޓްގައި މިހާތަނަށް ކުރިއަށް ގެންދެވޭނެ މިފަދަ އެންމެ ބޮޑު އެކްސައިސް ކަމަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާ އޮތޯރިޓީއާ ގުޅިގެން އެކްސައިސް ކުރިއަށް ގެންދާއިރު އެއާޕޯޓްގެ ރަންވޭ ބަންދުކޮށް އޮޕަރޭޝަންތައް ވެސް މެދުކަނޑާލާނެ އެވެ.

"އެކްސަސައިޒް ކުރިއަށް ގެންދާނީ ހަވީރު. ދެން ރަންވޭ ބަންދުވާނެ ހަތަރު ގަޑިިއިރަށް. ދެން މި އެކްސައިސް ކުރިއަށް މިގެންދަނީ އެންމެ ލޯ ސީޒަންގައި. އަދި މިހާރު އެއާލައިންތަކަށް ވެސް އަންގާނެ ފްލައިޓްތައް ރީ ޝެޑިއުލްކުރަން،" އެމްއޭސީއެލްގެ މީޑިއާ އޮފިޝަލަކު އަވަސްއަށް ވިދާޅުވި އެވެ.

މި އެކްސައިސްގައި ފުލުހުންނާއި އެމްއެންޑީއެފް، ކަސްޓަމްސް، ގާލްގައިޑް އަދި ސްކައުޓް ވެސް ބައިވެރިވާނެ އެވެ.

މި އެކްސައިޒަށް ތައްޔާރުވުމުގެ ގޮތުން އެމްއޭސީއެލްއިން މިހާރު ދަނީ އެކްސަސައިޒްގައި ބައިވެރިވާ ފަރާތްތަކާއެކު ވޯކް ޝޮޕްތައް ވެސް ހިންގަމުން ނެވެ. މި އެކްސައިޒްގެ އެއާލައިން ޕާޓްނަރަކީ އެމިރޭޓްސް އެވެ.