ގައުމީ ދުވަސް

ސިފައިންގެ ޑްރިލް ގއ. ވިލިނގިލީގައި ބާއްވައިފި

Nov 30, 2016

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހުށަހަޅައިދޭ މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ގއ. ވިލިނގިލީގައި މިއަދު ބާއްވައިފި އެވެ.

ގައުމީ ދުވަސް މި އަހަރު ރަސްމީކޮށް ފާހަގަކުރަނީ ވިލިނގިލީގަ އެވެ. އެ ރަށުގައި މިއަދު ހަވީރު ބޭއްވި މިޔުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ދައްކާލާފައިވަނީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގައެވެ. މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބަލައިލަން ވިލިނގިލީގެ ގިނަ އަދަދެއްގެ ރައްޔިތުން މިއަދު ޖަމާވި އެވެ.. އަދި މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތައްފަހު ޑްރިލް ސްކޮޑުގެ ބައިވެރިންނާއިއެކު ފޮޓޯ ނަގާފައި ވެއެވެ.

މިއުޒިކަލް ޑްރިލް ޑިސްޕްލޭ އަކީ އަސްކަރީ ސިފަވަންތަކަމާއި ސަފުތަކުގެ ބަދަހިކަމާއި އެއްބައެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މަތިވެރި ރޫޙު ވަރަށް ފުރިހަމައަށް ދައްކުވައިދޭ ހެވިކަމެކެވެ. އަދި މެހެތަރުގެ އެއްވެސް ކޮމާންޑެއް ނެތި ވަކި ސީކުއެންސަކަށް ސިފައިން އެއްބައެއްގެ ގޮތުގައި ހެވިކަމުގެ އެކިއެކި ހަރަކާތްތައް ދައްކުވައިދޭ މަންޒަރުތައް ހިމެނޭ ކަމެކެވެ.