އެމްއެންޑީއެފް

ނަވާރަވަނަ ގައުމީ ލަވަ އަލްބަމް ނެރެފި

ގައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ނެރޭ މި އަަހަރުގެ "ގައުމީ ލަވަ އަލްބަމް" މިއަދު ނެރެފި އެވެ.

މި އަހަރުގެ ގައުމީ ލަވަ އަލްބަމް ހާއްސަ ވެފައިވަނީ "ތެދުވެރިކަން - ގައުމިއްޔަތުގެ އަސްލު" މި ތީމަށެވެ. ޖުމްލަ 8 ލަވަ ހިމެނޭ މި ލަވަ އަލްބަމްގައި ހިމެނޭ ލަވަތައް ހުށަހަޅައިދީފައިވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ލަވަކިޔުންތެރިންނެވެ. މިފަހަރުގެ ލަވަ އަލްބަމަށް ޅެން ހައްދަވާފައި ވަނީ އަމީނާ މުފީދު އާއި ޕްރައިވެޓް މުހައްމަދު މާހިދު (މާޓު) އާއި އަލީ ޖައިޝާން އާމިރު އާއި ކޮމާންޑް ސާޖަންޓް މޭޖަރު އަބްދުﷲ ސައީދު އާއި ޖައުފަރު އަބްދުލް ރަހްމާނު އަދި މުހައްމަދު އަބުދުލް ގަނީ އެވެ.

މިއަހަރުގެ ގަޤައުމީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރުނު މި އޯޑިއޯ އަލްބަމްގެ ބައެއް ވީޑިއޯ ލަވަތައް ވެސް ވަނީ އެމްއެންޑީއެފްގެ އޮފިޝަލް ޔޫޓިއުބްއަށް ޗެނަލް އަށް އަޕްލޯޑު ކޮށްފައެވެ. މި އަލްބަމްގެ ލަވަތަކަށް މިޔުޒިކް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ބޭންޑު އެންޑް މިޔުޒިކް ވިންގުންނެވެ. އަދި އަލްބަމްގެ ވީޑިއޯ ލަވަތައް ތައްޔާރުކޮށް، އެޑިޓްކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިން ސަރވިސް އިންނެވެ.

2002 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ގައުމީ ލަވަ ސީޑީގެ މިއީ 19 ވަނަ އަލްބަމެވެ. މި އަލްބަމްގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން މިހާރު ފެންނަން ހުންނާނެއެވެ.