އެމްއެންޑީއެފް

34 އަހަރުގެ ހިދުމަތަށް ފަހު އާޒިމް ރިޓަޔާކުރައްވައިފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކުރީގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް، ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި އެވެ. އާޒިމް، ސިފައިންގެ ހިދުމަތުން ވަކިވެވަޑައިގެންފައި ވަނީ މެދުނުކެނޑި 34 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު އެވެ.

ސިފައިންގެ ހިދުމަތާއި ދުރަށް ޖެހިވަޑައިގަންނަވާ ކަން ހާމަ ކުރައްވާ އާޒިމް މިއަދު ވިދާޅުވީ އެ ހިދުމަތުގައި 34 އަހަރު ހޭދަ ކުރުމަށް ފަހު ރިޓަޔާ ކުރައްވާފައިވާ ކަމަށެވެ. އާޒިމްގެ ވަަނީ މިދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކޮށްފައެވެ.

"ވަކީން ހާއްސަކޮށް ފާއިތުވެދިޔަ ހަ އަހަރު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަގާމުގައި އަޅުގަނޑު ހުރިިއިރު ރާއްޖޭގެ މީޑިއާތަކުން އަޅުގަނޑަށް ދެއްވި އެއްބާރުލުމަށް ޝުކުރުވެރިވަން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ފާހަގަ ކުރެވިފައިވަނީ މިދިޔަ 15 ވަރަކަށް އަހަރުތެރޭ ސިފައިންގެ އިންފޮމޭޝަން އޮފިސަރުގެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރެއިން މީޑިއާތަކާއި އެންމެ އެކުވެރި އިންފޮމޭޝަން އޮފިސަރުގެ ގޮތުގައެވެ. އާޒިމް ވަނީ މީޑިއާތަކާއެކު ވަރަށް ގާތް އެހާމެ ބަދަހި ގުޅުމެއް ބާއްވަވާފައެވެ. އެ ދުވަސްތަކުގައި އެ މުއައްސަސާއާ ގުޅޭ ހަބަރުތައް ގެނެސްދިނުުމުގައި ނޫސްވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔައެވެ.

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ހުންނާނީ މި ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުުރުސަތެއްގަައި ހިދުމަތް ކުރުމުގެ މަތިވެރި އަޒުމްގައި. ކުރިއަށް ދިވެހި ގައުމު،" ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ މެންބަރުކަން ދެ ފަހަރަށް ކުރެއްވެވި އަދި ސަރުކާރުގެ އިސް ބައެއް މަގާމުތައް ފުރުއްވަވައި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އިސްމާއީލް ޒަކަރިއްޔާގެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާޒިމް ވިދާޅުވިއެވެ.