"ކަށަވަރު ޕްރޮމޯޝަން 2016 "ގެ ނަމުގައި އެމްޓީސީސީއިން ޕްރޮމޯޝަނެއް ފަށައިފި އެވެ. މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ގަންނަ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ނަސީބު ކޫޕަނެއް ލިބޭނެ އެވެ. ނަސީބުވެރި ފަރާތަކަށް 100،000
ރުފިޔާގެ އަގުހުރި 30 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރުން ވިއްކާ ޔަންމާ އަދި ސުޒުކީ އިންޖީން، ކާސްޓްރޯލް އަޑީ ތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް
އެންޑް މެރިން ކޯޓިންގްސް، ސްކޮޓް ބާޑާ ކޮމްޕޮޒިޓްސް އަދި އިންޖީން ސްޕެއާ ޕާޓްސް ވަރަށް ހާއްސަ އަގުތަކެއްގައި އެމްޓީސީސީ
ކަށަވަރުން ލިބޭނެ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. އަދި މި ޕްރޮމޯޝަން އަމާޒުކުރެވިފައިވަނީ ފައިސާ ދައްކާ ވަގުތުން ތަކެތި ގަންނަ ފަރާތްތަކަށެވެ.
ކަށަވަރު ޕްރޮމޯއަކީ ކޮންމެ އަހަރެއްގެ ނިމުމާ ދިމާކޮށް އެމްޓީސީސީ ކަށަވަރުން ކުރިޔަށް ގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ.
އެމްޓީސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިން ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައިވެސް ޔަންމާ އިންޖީނަށް ހާއްސަކޮށްގެން ސާބަސް ޔަންމާގެ ނަމުގައި އަދި ސުޒުކީ އިންޖީނަށް ހާއްސަކޮށްގެން ސުޒުކީ ފޯރިގެ ނަމުގައި ޕްރޮމޯޝަންތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ކަސްޓަމަރުންނަށް ޓްރެއިނިން އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ވަނީ މި އަހަރު ތެރޭގައި ކުރިޔަށް ގެންގޮސްފައެވެ.
"މި އަހަރެކޭ އެއްފަދައިން ކުރިޔަށްއޮތް އަހަރުތަކުގައި ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެންދާނީ ކަސްޓަމަރުންނަށް
މިހާރަށް ވުރެވެސް ލުއިފަސޭހަ އަދި ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ." އެމްޓީސީސީއިން ބުންޏެވެ.
އެމްޓީސީސީއަކީ ޔަންމާ އިންޖީނު އަދި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާ، ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާރ ބްރޭންޑްގެ ފައިބަރާއި ރެސިންގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.