ވިޔަފާރި

އެސްޓީއޯއިން ވިއްކާ ތެޔޮ ލިޓަރަކުން އެއް ރުފިޔާ ބޮޑުކޮށްފި

Mar 11, 2015

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލް ލިޓަރަކުން އެއް ރުފިޔާ މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގަށް ގެނެވުނު ބަދަލާއިއެކު ކުރިން 10ރ. އަށް ވިއްކުން ދިޔަ ޕެޓްރޯލާއި ޑީސަލްގެ ލިޓަރެއް މިހާރު ވިއްކާނީ 11ރ. އަށް ކަމަށެވެ.

އެ ކުންފުނިން ބުނީ މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެ ފަހަރު ވަނީ ޕެޓްރޯލް ލިޓަރަކުން 2.35ރ. އަދި ޑީސަލް ލިޓަރަކުން 2.33ރ. ހެޔޮކޮށްފަ އެވެ.