ވިޔަފާރި

އެކްސްއެލްގެ ޕްރޮމޯޝަންގެ ދެވަނަ ސައިކަލު ހަވާލުކޮށްފި

Dec 4, 2016
  • ހަފުތާ ބައިސްކަލްގެ ގޮތުގައި 61 ބައިސްކަލް ދީފި
  • ބޯނަސް އިނާމުގެ ގޮތުގައި 1525 އިނާމު
  • ދަޅުގެ ނަންބަރު، 7755 އަށް މެސެޖުކުރޭ

ބީއެޗްއެމްގެ ފަރާތުން ކުރިއަށް ގެންދާ އެކްސްއެލް އެނާޖީ ޑްރިންކުން "ޓެބް ޕްރޮމޯޝަން"ގެ ދެވަނަ މަހުގެ ސައިކަލު ލިބޭ ފަރާތްތައް ހަވާލުކޮށްފި އެވެ.

"އެކްސްއެލް ޓެބް ޕްރޮމޯޝަން" ދެ ދެވަނަ ސައިކަލް ލިބިފައިވަނީ ހއ. ކުޅުދުއްފުށީ ފެހިފުނަގޭ، އިބްރާހިމް ރަޝީދު އަށެވެ.

މިދިޔަ މަހުން ފެށިގެން އަންނަ މަހުގެ 29 ގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ހޮވާ ނަސީބުވެރިންނަށް ސައިކަލާއި ބައިސްކަލް ދޭނެ އެވެ. އަދިި ވަގުތުން ދޭ ބޯނަސް އިނާމުގެ ގޮތުގައި އެކްސެލް ކޭހެއް ލިބޭ އެވެ.

އެކްސްއެލް ޓެބް ޕްރޮމޯޝަންގެ ދެވަނަ ނަސީބުވެރިއަކަށް ހޮވުނު ރަސީދުއަކީ 9767656 ނަމްބަރުގެ ވެރިފަރާތެވެ.

ޓީވީއެމް އާއި ރާއްޖެ ޓީވީން ލައިވްކޮށް ނެގި ގުރުއަތުގައި ފުރަތަމަ ހަފުތާގެ އިނާމު ލިބިފައިވަނީ ބަންގްލަދޭޝްގެ މޮނީރު އަށެވެ.

އެކްސެލްގެ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެ ކަމަށް ހާއްސަކޮށްފައިވާ އެކްސްއެލް ދަޅުގެ މަތިގަނޑުގެ ދަށުގައި ހިމަނާފައިވާ ކޯޑް "7755" އަށް މެސެޖު ކޮށްގެން ބައިވެރިވޭނެ އެވެ

މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ބައިސްކަލާއި ބޯނަސް އިނާމު އަދި ކޮންމެ މަހަކު ސައިކަލެއްގެ އިތުރުން ބޮޑު އިނާމުގެ ގޮތުގައި ދުބާއީ ދެކޮޅު ޓިކެޓް ލިބެ އެވެ. މި ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ލިބޭ އިނާމުގެ ގޮތުގައި 61 ބައިސްކަލް ދޫކޮށްފައިވެ އެވެ. އަދި 1525 ބޯނަސް އިނާމު ދީފައިވެ އެވެ. މީގެ އިތުރަށް، ހަފުތާ ބައިސްކަލްގެ ގޮތުގައި އަށް ބައިސްކަލް ދީފައިވެ އެވެ. އަދި އެއް ސައިކަލް ދީފައިވެ އެވެ.