މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު މަދުކުރުމަށް ކަމަށް ބުނެ ޓްރެފިކް ޖޫރިމަނާ ސްރީ ލަންކާގެ ސަރުކާރުން ބޮޑުކުރުން މަސައްކަތް ހުއްޓާލުމަށް ފަހު ލަންކާގެ ޓެކްސީ ޑްރައިވަރުން ސަރުކާރާ ދެކޮޅަށް ނުކުމެއްޖެ އެވެ.
ބަސް ޑްރައިވަރުންނާއި ރިކްޝާ ޑްރައިވަރުން ރުޅިގަދަވެ ހަޅުތާލަށް ދިޔައީ މިހާތަނަށް ނަގަމުން އައި ޖޫރިމަނާތަކުގެ އަދަދު 50 ޕަސެންޓް މައްޗަށް ޖައްސައިލުމުންނެވެ. އެގޮތުން ކުރިން އާދައިގެ ޓްރެފިކް ޖޫރިމަނާއަކަށް ނެގި 500 ރުޕީސްގެ ބަދަލުގައި 25،000 ރުޕީސް ނެގުމަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
މި ހުށަހެޅުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ލަންކާ ސަރުކާރު ދަނީ ތައްޔާރުވަމުންނެވެ.
މި މައްސަލާގައި މުޒާހަރާކުރަމުން އަންނައިރު ގިނައީ ޕްރައިވެޓް ޓެކްސީ ސެންޓަރުތަކާއި ވިޔަފާރީގެ އުސޫލުން ބަހުގެ ދަތުރުތައް ކޮށްދޭ ކުންފުނިތަކުގެ ޑްރައިވަރުންނެވެ. ގާތްގަނޑަކަށް ހަޅުތާލުގައި ބައިވެރިވާ ޕްރައިވެޓް ބަހުގެ އަދަދު 6000 އަށް އަރަ އެވެ.
މި ހަޅުތާލާ ގުޅިގެން ލަންކާ ސަރުކާރުގެ ޓްރާންސްޕޯޓް ކޮމްޕެނީން ވަނީ 1000 ވެހިކަލް އާންމުންގެ ދަތުރުފަތުރުގެ ނިޒާމަށް ނެރެފަ އެވެ. ނަމަވެސް އަމިއްލަ ކުންްފުނިތަކުގެ ވެރިން ތިބީ ސަރުކާރުން އަގު ތިރިނުކުރާ ނަމަ ހަޅުތާލު ކުރިއަށް ގެންދިއުމުގެ ހިޔާލުގަ އެވެ.