ދުނިޔެ

ދެކުނު ކޮރެއާގެ ރައީސް މަގާމުން ދުރު ކުރުމަށް އޭނާގެ ޕާޓީ ވެސް ތައްޔާރު

ނާޖާއިޒް ފައިދާ ނެގުމާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ތުހުމަތުތައް ކުރެވި، ގިނަ އަދެއްގެ ރައްޔިތުންގެ ނެރުހުމާއި ފާޑު ކިޔުން އަމާޒުވެފައިވާ ދެކުނު ކޮރެއާގެ ރައީސް ޕާކް ޖިއޫން ހޭ މަގާމުން ދުރުކުރުމަށް އޭނާގެ ޕާޓީން ވެސް މަސައްކަތް ފަށައިފި އެވެ.

ވެރިކަން ކުރާ ސާނިއުރީ ޕާޓީން ވަނީ ޕާކް މަގަމުން ދުރުކުރުމަށް ނުވަތަ އިސްތިއުފާ ދެއްވުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް ޓައިމްލަންތަކެއް އެކުލަވާލާފައެވެ.

ޕާކް އިއްޔެ ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުން ބޭނުންވެއްޖެނަމަ އޭނާ އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ސާނިއުރީ ޕާޓީން މަސައްކަތް ކުރަނީ އިދިކޮޅު ޕާޓީތަކުގެ އިތުބާރު ނެތް ކަމުގެ ވޯޓަކުން ޕާކް މަގާމުން ދުރުކުރުމުގެ ފުރުސަތު ނުދިނުމަށެވެ. ނަމަވެސް އެ ޕާޓީން އެކުލަވާލާ ޓައިމްލައިނާ އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ރީތި ގޮތުގައި އިސްތިއުފާ ދިނުމަށެވެ.

އެ ޓައިމްލައިންގައިވާ ގޮތުން އަންނަ އަހަރު އޭޕްރީލް 30 ވަނަ ދުވަހުގެ ކުރިން ޕާކް މަގާމުން އިސްތިއުފފާ ދެއްވާނެއެވެ. އަދި އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ މަގާމުން ދުރުވާނީ ޖޫން މަހު ރިޔާސީ އިންތިހާބެއް ބޭއްވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށް ފަހުގަ އެވެ.

ޕާކަކީ ދެކުނު ކޮރެއާގެ ފުރަތަމަ އަންހެން ރައީސެވެ. އޭނާގެ ރިޔާސީ ފަސް އަހަރުގެ ދައުރު ހަމަވާނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.