ވިޔަފާރި

އުޒްބަކިސްތާނަށް ދަމާ! އިނަ މޯލްޑިވްސް އިން ހާއްސަ ޕެކޭޖްތަކެއް

Dec 5, 2016
  • ޕެޖޭޖު ވިއްކަނީ ދެ މީހަކަށް
  • ހަތް ދުވަހުގެ ހުރުން ހިމެނޭ
  • ޗުއްޓީ ހޭދަކޮށްލަން ފުރުސަތެއް

ބޮޑު ޗުއްޓީއާ ދިމާކޮށް، އުޒްބަކިސްތާން ބަލައިލަން ދާން އިނަ މޯލްޑިވްސް ހޮލިޑޭސް އާއި އިން ޓުއާ މޯލްޑިވްސް އިން ހާއްސަ ޕެކޭޖެއް މިއަދު ތައާރަފު ކޮށްފި އެވެ.

ގިނަ ގައުމުތަކަށް ޕެކޭޖު ވިއްކަމުން ގެންދާ އިނަ މޯލްޑިވްސް ހޮލިޑޭސްއިން ބުނީ "އުޒްބެކިސްތާން އެއާވޭސް" އާއި ގުޅިން ވިއްކަމުން ގެންދާ މި ޕެކޭޖުގެ ދަށުން ހަފުތާ އަކަށް 1155 ޑޮލަރު (17،810ރ.) އަށް އެ ގައުމު ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުޒްބެކިސްތާން އެއާވޭސް އާ ގުޅިގެން ވިއްކާ މި ޕެކޭޖުގެ ގަންނަ ފަރާތްތައް ރާއްޖޭން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ހަތަރު ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން މި ފްލައިޓް އޮންނާނީ ކޮންމެ ބުދަ ދުވަހު އެވެ.

އިނަ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ މި ޕެކޭޖުގައި އުޒްބެކިސްތާނަށް ދިއުމުގެ ވިސާ ވެސް ހިމެނޭ ކަމަށެވެ.

"މިއީ ވިންޓާ [ފިނު މޫސުން]އާ ދިމާކޮށް ވިއްކާ ޕެކޭޖެއް. މި ޕެކޭޖުން ދަތުރުކުރާ ފަރާތްތަކަށް އުޒްބެކިސްތާންގެ މުހިންމު ތަންތަން ބަލައިލުމުގެ ފުރުސަތު ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އުޒްބަކިސްތާންގެ ޓަސްކަންޓަށް ދިއުމަށް ހާއްސަކޮށް ވިއްކާ މި ޕެކޭޖުގެ ދަށުން، ދަތުރުކުރުމަށް ޕެކޭޖު ވިއްކަނީ ޓުއިން ބޭސިސްކޮށް، ދެ މީހަކަށް ހާއްސަކޮށެވެ. މި ޕެކޭޖު އެކަކަށް ނުވިއްކަ އެވެ.

އުޒްބަކިސްތާންއަކީ މެދުތެރޭ އޭޝިޔާގައި އޮންނަ އެންމެ ހިތް ގައިމު އެއް ގައުމެވެ. އެ ގައުމު ހާއްސަވާ އެއް ސަބަބަކީ އެންމެ އިހުޒަމާނުގެ ހިތް ގައިމު އާސާރީ ތަންތަނެވެ. މި ޕެކޭޖު ގަންނަ މީހުން ދަތުރު ކުރުމަށް ހާއްސަކޮށްފައިވާ އުޒްބެކިސްތާން އެއާވޭސްގެ އިކޮނޮމިކް ކްލާހުގައި 168 ޖާގަ އާއި ބިޒްނަސް ކްލާހުގައި 22 ޖާގަ ހުންނާނެ އެވެ.