ދުނިޔެ

ޖަޔާލަލިތާގެ އާލާސްކަންފުޅާއެކު އިންޑިއާ ގުޑުވާލައިފި

Dec 5, 2016

ޓެމިލް ނާޑްގެ ސްޓޭޓް މިނިސްޓާ ޖަޔާލަލިތާގެ ހިތުގެ އާލާސްކަންފުޅުގައި ސީރިއަސް ހާލަތުގައި ފަރުވާ ދޭން ފެށުމުގައި ކުރިމަތިވި ހާސްކަމާއި ޝޮކްގައި އިންޑިއާއަށް "ގުޑުން" އަރުވާލައިފި އެވެ.

އިއްޔެ ރޭ ދަންވަރު ކުރީގެ ފިލްމީ ތަރި، އަދި "އަންމާ" ގެ ނަމުން މަޝްހޫރުވެފައިވާ ވަރުގަދަ ސިޔާސީ ލީޑަރު ޖަޔާލަލިތާ އަށް ކުރިމަތިވި "ކާޑިކް އެރެސްޓާ" ގުޅިގެން އޭނާ އަށް ޗެންނާއީގެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ހާލު ސީރިއަސްވެ އޭނާ އަށް ފަރުވާ ދެމުން ދަނީ ލައިފް ސަޕޯޓިން މެޝިނުގަ އެވެ.

ކާޑިކް އެރެސްޓް ވުމަކީ ހިތައް ލޭ ފޮނުވައިދޭ ނާރުތަކުން ލޭ ފޮނުވުނުމަށް ހުރަހެއް ކުރިމަތިވުމެވެ.

އޭނާގެ އާލްސްކަންފުޅާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާން ދޭން ފެށުމުން، މިއަދު އޭނާގެ ސަޕޯޓަރުން ވަނީ އޭނާއަށް ފަރުވާ ދެމުންދާ ޗެންނާއިގެ އެޕޯލާ ހޮސްޕިޓަލް ސަރަހައްދަށް ޖަމާވެފަ އެވެ.

ތާއީދު ކުރާ އިސް ފަރާތްތަކުން ވަނީ މަސައްކަތްތައް ހުއްޓާލުމަށްފަހު ޖަޔާލަލިތާއަށް އަވަސް ޝިފާއަކަށް އެދި، އެ ޕޯލާ ހޮސްޕިޓަލް ކައިރިއަށް މީހުން ޖަމާކޮށް އިތުރު މީހުން އެއްވުމަށް ގޮވާލާފަ އެވެ.

މިއަދު ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުން އަދި އައިޓީ މުވައްޒަފުންވެސް ވަނީ މަސައްކަތްތައް ދޫކޮށް އަވަހަށް ގެއަށްގޮސްފަ އެވެ.

ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ ޖަޔާލަލިތާ އަށް އަވަސް ޝިފާއަކަށް އެދި، ގިނަ ބަޔަކު އަވަށްޓެރި ބެންގަލޫގެ ވެރިރަށް ކަރުނާޓަކާއިން ވެސް ޗެންނާއީ އަށް ގޮސްފައިވާ ކަމަށެވެ. މިއަދު ހެނދުނުވެސް 470 ބަސް އެ ދެ ސްޓޭޓްގެ ދެމެދުގައި ކުރި ކަމަށެވެ.

ޖަޔާލަލިތާގެ ސިއްހީ ހާލަތު ގޯސް ވަމުންދާ ކަމަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖްތައް ފޮނުވަމުން ދިޔަ ދެ މީހަކު ޓެމިލްނާޑްގެ ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.

ޖަޔާލަލިތާ އަކީ ޓެމިލް ނާޑޫގެ އިތުރުން މުޅި އިންޑިއާގައިވެސް ރިވޮލިއުޝަނަރީ އަންހެން ލީޑަރުގެ ގޮތުގައި މަޝްރޫހުވެފައިވާ ސިޔާސީ ޝަހުސިއްޔަތެކެވެ.