ހަބަރު

ނާޒިމްގެ މައްސަލައިގައި މިއަދު ހުކުމެއް ނުކުރި

Mar 11, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ މައްސަލަތަކުގައި މިއަދުވެސް ހުކުމް ނީންވައި އެ މައްސަލަތަކާ ގުޅޭ އިތުރު ބައެއް މައުލޫމާތު ސާފުކޮށްފި އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ބުނެފައި ވަނީ އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރާ މަޖިލިސް ކަމަށެވެ. އެހެން ކަމުން މީގެ ކުރިން ބެލެވިފައި އޮތީ މިއަދުގެ އަޑުއެހުމުގައި ނާޒިމްގެ މައްޗަށް ހުކުމް އިއްވާނޭ ކަމަށެވެ.

މިއަދުގެ މަޖިލިސް ނިންމާލައްވަމުން ވެސް ބެންޗުން ބުނީ، އެ މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވާ މަޖިލިސް ކަމަށެވެ.