ދުނިޔެ

ޖަޔާލަލިތާ އަވަހާރަވެއްޖެ

Dec 6, 2016

ޓެމިލް ނާޑޫގެ ސްޓޭޓް މިނިސްޓާ ޖަޔާލަލިތާގެ ހިތުގެ އާލާސްކަންފުޅަށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޖަޔާލަލިތާ އަވަހާރަވީ އެކަމަނާއަށް ކުރިމަތިވި "ކާޑިއެކް އެރެސްޓް" އަށް ފަރުވާ ދެމުން ދަނިކޮށް ރޭ 11:30 ހާއިރު އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލުގަ އެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 68 އަހަރެވެ.

ޖަޔާލަލިތާއަށް ކާޑިއެކް އެރެސްޓް އެއް ކުރިމަތިވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަަނަ ދުވަހުން ފެށިގެން ހުން އައުމާއި ޑީހައިޑްރޭޝަން އަށް އެޕޯލޯ ހޮސްޕިޓަލުގައި އެޑުމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި ކާޑިއެކް އެރެސްޓް އަށްފަހު އެކަމަނާގޭ ހާލުކޮޅުވަނީ ސީރިއަސް ވެފަ އެވެ.

ޖަޔާލަލިތާ އަވަހާރަވުމާ ގުޅިގެން އިންޑިއާ ވަނީ ފުން ހިތާމައަކަށް ވެއްޓިފަ އެވެ. އެކަމަނާ އަކީ އިންޑިއާގެ ކުރީގެ ފިލްމީ ތަރިއެއްވެސްމެ އެވެ. ޖަޔާލަލިތާ މަޝްހޫރުވެފައިވަނީ "އަންމާ" ގެ ނަމުންނެވެ.

އޭނާގެ އާލްސްކަންފުޅާ ގުޅިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާން ދޭން ފެށުމުން، އޭނާގެ ސަޕޯޓަރުން ވަނީ އޭނާއަށް ފަރުވާ ދެމުންދާ ޗެންނާއިގެ އެޕޯލާ ހޮސްޕިޓަލް ސަރަހައްދަށް ޖަމާވެފަ އެވެ.

ޖަޔާލަލިތާ އަކީ ޓެމިލް ނާޑޫގެ އިތުރުން މުޅި އިންޑިއާގައިވެސް ރިވޮލިއުޝަނަރީ އަންހެން ލީޑަރުގެ ގޮތުގައި މަޝްރޫހުވެފައިވާ ސިޔާސީ ޝަހުސިއްޔަތެކެވެ.