އާރިފް ވިދާޅުވީ ބޭރުގެ ބޭފުޅުން ރާއްޖޭގެ މަސްރަހުގަ ހިނގާ ކަންކަން ނުބަލައި ބަސްބުނާތީ ކަންބޮޑުވާ ކަމަށާއި ބަސްބުނުމުގެ ކުރިން ރާއްޖެ އައިސް ރާއްޖޭގަ ކަން ހިނގާގޮތް ބެލުމަށްފަހު ބަސް ބުނުމަށް ގޮވާލައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން މަސައްކަތް ކުރާނީ އަބަދުވެސް ގާނޫނު ނެގެހެއްޓުމަށް ކަމަށާއި ޕީޕީއެމްގެ ލީޑަރަކު ވެސް ޖަރީމާއެއް ހިންގާފައިވާނަމަ އެކަމެއް ވެސް ތަހުގީގު ކުރެވެންވާނެ ކަމަށެވެ.