ވިޔަފާރި

މޯލްޑިވް ގޭސްގެ މުބާރާތަކުން ހިލޭ ލުއި ފުޅިއެއް ލިބުމުގެ ފުރުސަތު

Dec 7, 2016

ތިޔަ ގެންގުޅޭ ގޭސް ފުޅި ބަރެއް ނޫން ހެއްޔެވެ؟ ބަރުނަމަ މޯލްޑިވްގޭހުގެ "ލުއި ފުޅިއެއް" ހޯދިދާނެ އެވެ.

"ޝެއާ އެންޑް ވިން"ގެ ނަމުގައި ކުރި އަށް ގެންދާ މި މުބާރާތުގައި ފޭސްބުކްގައި އެކައުންޓެއް އޮތް ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 31 ވަަނަ ދުވަހުގެ ނިޔަަލަށް އޮންނާނެ އެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މޯލްޑިވް ގޭސްގެ ފޭސްބުކް ޕޭޖްގައި އިންނަ އެ ޕޯސްޓް ލައިކް ކޮށްލުމަށްފަހު، ޝެއާ ކޮށްލާނީ އެވެ. އަދި ފަސް މީހުން ޓެގް ކުރުމަށްފަހު "ލުއިފުޅި" އިނގިރޭސި ބަހުން ލިޔެލާނީ އެވެ.

މޯލްޑިވް ގޭސްގެ ލުއިފުޅީގެ ބަރުދަނުގައި ހުންނަނީ އެންމެ ފަސް ކިލޯ އެވެ. ނޯވޭގައި އުފައްދާފައިވާ މި ފުޅި ފަރުމާކޮށްފައިވަނީ އަލިފާން ނުހިފާ ގޮތަށެވެ. ތިން ފަށަލައަށްވާގޮތަށް ހަދާފައިވާ ވަރުގަދަ މި ފުޅިއަކީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއިން ޓެސްޓް ކޮށްފައިވާ ފުޅިއެކެވެ.