ވިޔަފާރި

ފެން ނުލިބުމާ އެކު ނައިޓް މާކެޓްގެ ވިޔަފާރި އަޑިއަޅާލައިފި

0%
0%
0%

"ފެނުގެ ކަންތައްތަކުގައި ވިޔަފާރި ދަށް. އެހާ ރަނގަޅެއް ނޫން،" ނަދީމާ ބުންޏެވެ.

މި އަހަރުގެ ނައިޓް މާކެޓުގައި 140 މޭޒު ބަހައްޓާފައިވެ އެވެ. ފެނުގެ މައްސަލައިގެ ސަބަބުން ނައިޓް މާކެޓު ބާއްވާ ގޯމީޑިއާއިން ނައިޓް މާކެޓަށް އެއް ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

ގޯމީޑިއާގެ ޖެނެރަލް މެނޭޖަރު އިބްރާހިމް އާމިރު ވިދާޅުވި ގޮތުގައި ފެނުގެ މައްސަލާގައި ނައިޓް މާކެޓަށް ދިޔަ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވީނަމަވެސް ހީކުރި ވަރެއް ނުވާ ކަމަށެވެ.

ފެން ކެނޑުމުގެ ސަބަބުން ނައިޓް މާކެޓަށް ދާ މީހުން މަދުވިނަމަވެސް ނައިޓް މާކެޓުގައި މުހިންމު ބައެއް ސާމާނު ލިބެން އެބަ ހުއްޓެވެ. މީގެތެރޭގައި އެންމެ ފާހަގަ ކުރެވުނީ ކެއުމުގެ ބާވަތްތައް ގިނަ ކަމެވެ. ނައިޓް މާކެޓުގައި ތާޒާ، މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތަކުގެ އަގު ވަރަށް ހެޔޮކަން ފާހަކުރެވެ އެވެ. އާފަލެއް ތިން ރުފިޔާ ވަރަށް ލިބެ އެވެ. އަދޮ އޮރެންޖެއް ދެ ރުފިޔާއަށް ލިބެ އެވެ. އަދި ބާޒާރުގައި 40ރ. އަށް ވިއްކާ އަލަނާސިއެއް 30ރ. އަށް ލިބެ އެވެ.

"ވަރަށް ރަނގަޅު ކެއުންތައް ހުރޭ. ކާލަން ދާންވެސް މިތަން ވަރަށް ރަނގަޅު. ވަރަށް މީރު ކެއުންތައް ހުރޭ،" ނައިޓް މާކެޓަށް ގޮސް ހުރި މުހައްމަދު ސަލީމް ބުންޏެވެ.

ފެނުގެ މައްސަލާގައި ނައިޓް މާކެޓުގެ ވިޔަފާރިދަށް ނަމަވެސް ނައިޓް ފެނުގެ މައްސަލަ ހައްލުވުމާއެކު ވިޔަފާރި ރަނގަޅުވާނެ ކަމަށް ވިޔަފާރިވެރިން އުންމީދު ކުރެ އެވެ.

 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910