ދުނިޔެ

ބިންހެލުމާ ގުޅިގެން އިންޑޮނޭޝިއާގެ ބައި ލައްކަ މީހުން ހާލުގައި ޖެހިއްޖެ

Dec 10, 2016
1

މިދިޔަ ބުދަ ދުވަހު އިންޑޮނޭޝިއާގެ އަޗޭއަށް އައި 6.5 މެގްނެޓިއުޑްގެ ބިންހެލުމާ ގުޅިގެން ބައި ލައްކައެއްހާ މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ މުއައްސަސަތާކާއި އަމިއްލަ އެހީ ދޭ ޖަމާއަތްތަކުގެ އެހީތެރިކަމާއެކު، ހާލުގައި ޖެހިފައިވާ މިހުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައެވެ. އަދި ދުރު ހިސާބުތަކުގައި ދިރިއުޅޭ މީހުން އެހީދޭ މަރުކަޒުތައް ކައިރީގައި އެމީހުންގެ ވަގުތީ ހިޔަތައް ގައިމުކުރުމަށް އެހީދޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހާލުގައި ޖެހިފައިވަ ކަމަށް މިހާތަނަށް ރެކޯޑް ކުރެފިފައިވަނީ 43000 މީހުންނެވެ. ނަމަވެސް އެހީދޭ ޓީމުތަކާ ހަވާލަދީ ސަރުކާރުން ބުނެފައިވަނީ މިއަދަދު އިތުރުވެ ބައި ލައްކައެއްހަ މީހުންނަށް އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ހާލުގައި ޖެހިފައިވަ ކަމަށް މިހާތަނަށް ރެކޯޑް ކުރެފިފައިވަނީ 43000 މީހުންނެވެ. ނަމަވެސް އެހީދޭ ޓީމުތަކާ ހަވާލަދީ ސަރުކާރުން ބުނެފައިވަނީ މިއަދަދު އިތުރުވެ ބައި ލައްކައެއްހަ މީހުންނަށް އިތުރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

ބިންހެލުމުގައި 100 އެއް ހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. އަދި 100 މިހުން ޒަހަމްވީ ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 11000 ވުރެ ގިނަ އިމަރާތް ވެއްޓި ބިމަ ހަމަވެފައިވަ ކަމަށް އިންޑޮނޭޝިއާގެ ސަރުކާރުން މިހަތަނަށް ވަނީ އިއުލާން ކޮށްފައެވެ.

"އެންމެ ފުރަތަމަ ކަމަކީ ކެއިން ބުއިމާއި އަސާސީ ހިދުމަތް ފޯރުކޮށް ދިނުން،" އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމެންޓް އެޖެންސީގެ ބަޔަނުގައި ބުނެފައިވެއެވެ.

މިއަދުވެސް އިންޑޮނޭޝީއާގެ ފުލުހުން ވަނީ ވެއްޓިފައިވާ އިމާރާތްތަކުގައި ކުއްތާ ބޭނުން ކޮށްގެން އިތުރު މީހުން ހޯދުމުގެ މަސައްކަތް ކޮށްފައެވެ.