ހަބަރު

މީޑިއާ ކައުންސިލްގެ މެމްބަރު ކަމުން އަފްޒަލް އިސްތިއުފާ ދީފި

Dec 12, 2016

މީޑިއާ ކައުންސިލްގެ މެމްބަރު ކަމުން މުހައްމަދު އަފްޒަލް (އަޕޯ) އިސްތިއުފާ ދީފި އެވެ.

އަފްޒަލް ވިދާޅުވީ މީޑިއާ ކައުންސިލުން އިސްތިއުފާ ދިނީ މީޑިއާ ކަންކަމާއި މިހާރު ދުރުގައި އުޅޭތީ ކަމަށެވެ. މީޑިއާ ކައުންސިލް ކަމުން އިސްތިއުފާ ދޭން އަފްޒަލް ސިޓީ ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މީޑިއާ ކައުންސިލަށް އަފްޒަލް އިންތިހާބުވެފައިވަނީ އަވަސް އޮންލައިންގެ ފަރާތުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަފްޒަލްގެ އިސްތިއުފާ އާ މެދު މީޑިއާ ކައުންސިލުން އަދި ގޮތެއް ނުނިންމަ އެވެ.

މީޑިއާ ކައުންސިލުން އަފްޒަލް މިއަދު އިސްތިއުފާ ދިން އިރު ކައުންސިލްގެ އާ ދައުރުގެ އިންތިހާބު މިއަދު ކުރިއަށް ގެންދާނެ އެވެ. މީޑިއާ ކައުންސިލްގައި މީޑިއާ ތަމްސީލުކުރައްވާ ތިއްބަވަނީ ޖުމްލަ އަށް މެންބަރުންނެވެ.