ދުނިޔެ

ހަލަބުގައި ސީރިޔާގެ ހަނގުރަމަވެރިން އެއްކޮށް ބަލިވަނީ

Dec 13, 2016
1

ސީރިޔާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބުގައި އެގައުމުގެ ސަރުކާރުގެ ސިފައިން ބޮޑު ކޮންޓްރޯލެއް ހޯދައި އިދިކޮޅު ހަަނގުރާމަވެރިންގެ ކޯލިޝަން ވަރަށް ބޮޑަށް ބަލިކޮށް ފަހަތައް ޖައްސަން ފަށައިފިއެވެ.

ހަލަބުގެ ބޮޑުބައެއްގެ ކޮންޓްރޯލް ސިރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ އަސްކަރީ ބާރުތަކުން މިހާރު ވަނީ ހޯދާފައެވެ.

އިދިކޮޅު ކޯލިޝަންގެ ހަނގުރާމަވެރިން ކޮންޓްރޯލް އޮތް ހަލަބުގެ އިރުމަތީ ސަރަހައްދުގެ ހަ އަވަށަކުން، ސަރުކާރުގެ ސިފައިން ވަނީ އިއްޔެ އިދިކޮޅު ފަރާތްތައް ފައްސާލާފައެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ސަރުކާރުގެ އަސްކަރިއްޔާއިން އެ ސަރަހައްދުތަކަށް ވަދެ، އިދިކޮޅު ފަރާތްތަކާ ގުޅުން އޮންނަ ކަމަށް ބުނެ ބައެއް މީހުން ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މި މައުލޫމާތުގެ ސައްހަކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޖަމާއަތެއް ކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސްއިން ބުނެފައިވަނީ އަސްކަރުިއްޔާއިން، ހިފި ސަރަހައްދުތަކަށް އަަރައި 60 މީހުން މަރާލާފައިވާ ކަމަށެވެ.

ސީރިޔާގެ ދައުލަތުގެ ރަސްމީ ޓީވީއިން ބުނެފައިވަނީ ހަލަބުގެ 99 ޕަސަންޓް ކޮންޓރޯލް މިހާރު އޮތީ ސަރުކާރު ކޯލިޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.