ދުނިޔެ

އިޓަލީގެ އާ ބޮޑު ވަޒީރުގެ ސަރުކާރަށް ރުހުން ދީފި

Dec 15, 2016

މިދިޔަ ހޯމަ ދުވަހު އިޓަލީގެ އާ ބޮޑުވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި ޕައޮލޯ ޖަންޓީލޯނީގެ ސަރުކާރަށް ރުހުން ދީފިއެވެ.

އޭނާ ހުށަހަޅުއްވާފައިވަނީ 64 ވަޒީރުން ހިމެނޭ ކެބިނެޓެކެވެ. އޭނާގެ ކެބިނެޓަށް ރުހުން އޮތް ކަމަށް ވޯޓް ދީފައިވަނީ 169 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓް ދީފައިވަނީ 99 މެންބަރުންނެވެ.

އެންމެ ފަހުން ހުންނެވި މަޓާއޯ ރެންޒީ މި މަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވީ އޭނާގެ ރިޔާސަތުގެ ދަށުން އެކުލަވާލީ ގާނޫނު އަސާސީ އަށް ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓްގައި، ނުފެންނަ ކަމަށް ފާސް ވުމުންނެވެ.

ރެންޒީ އިސްތިއުފާ ދެއްވުމުން އާ ސަރުކާރު އެކުލަވާލުމަށް އިޓަލީގެ ރައިސް ސާޖިއޯ މަޓްރެލާ އެންގެވީ އޭރު ހާރިޖީ ވަޒީރަކަށް ހުންނެވި ޖެންޓިލޯނީ އާއެވެ.

ޖެންޓިލޯނީގެ ސަރުކާރަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގައި ނެގި ވޯޓްގައި އިދިކޮޅު ފަރާތްކުން ބައިވެރިވެފައެއް ނުވެއެވެ. އިދިކޮޅު ފަޜާތްަކުން ވޯޓް ބޮއިކޯޓް ކުރީ އާ ސަރުޚާރުންވެސް ކުރިން އޮތް ސަރުކާރާ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ބުނެއެވެ.