ހަބަރު

އެމްއައިބީން އިންޓަނެޓް ބޭންކިން ތައާރަފް ކޮށްފި

Mar 12, 2015

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އިންޓަނެޓް ބޭންކިންގެ ހިދުމަތް މިއަދު ތައާރަފް ކޮށްފި އެވެ.

މި ހިދުމަތަށް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭއިރު މި ހިދުމަތުގެ ދަށުން އެކައުންޓް ބެލެންސް ބެލުމާއި ބޭންކް ސްޓޭޓްމެންޓް ޕްރިންޓް ކުރެވެ އެވެ. އަދި ޗެކް ފޮތަށް އެދުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ވެސް ލިބެ އެވެ.

ފައިސާނެޓްގެ ބޭސިކް ޕެކޭޖް ހިލޭ ބޭނުންކުރެވޭއިރު ޕްރިމިއަމް ޕެކޭޖް ބޭނުން ކުރުމަށް އަހަރީ ފީގެ ގޮތުގައި 100 ރުފިޔާ ދައްކަން ޖެހެ އެވެ. ބޭސިކް ބިޒްނަސް ޕެކޭޖަށް ރަޖިސްޓްރީ ވުމަށް 250 ރުފިޔާ ދައްކަންޖެހޭއިރު އަހަރީ ފީގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ. ބިޒްނަސް ޕްރިމިއަމްއަށް ރެޖިސްޓްރޭޝަނަށް 500 ރުފިޔާ ދަންކަންޖެހެ އެވެ. އަދި އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަން ޖެހެ އެވެ.

މި ހިދުމަތުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް އެމްއައިބީން ބުންޏެވެ. އެމްއައިބީން ރާއްޖޭގައި ބޭންކިން ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު މާރިޗް މަހު އެވެ.