ގައުމީ އިނާމް

ގައުމީ އިނާމުގެ ހައިބަތު ކުޑަވާ ގޮތަށް އިނާމުތައް ނުދޭން އަންގައިފި

Dec 18, 2016
1

ދައުލަތުގެ އެކި މުއައްސަސާތަކުން އިނާމު ދިނުމުގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމަށާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ނިސްބަތްނުވާ ގޮތަށް، އިނާމު ދޭން ރައީސް އޮފީހުން ހުރިހާ މުއައްސަސާތަކަށް އަންގައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ފިޔަވައި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދޭ އެކިއެކި އިނާމު، ގައުމީ އިނާމުގެ ނަމުގައި ދެއްވަމުން ގެންދަވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެހެނިހެން މުއައްސަސާތަކުން ދޭ އިނާމު މިގޮތަށް ދަރަޖަކުރުމުން ސަރުކާރުން ކޮންމެ އަހަރަކު ދޭ ގައުމީ އިނާމަށް ދެވޭ ގަދަރާއި އިހުތިރާމް ކުޑަވެ، ކަމުގެ ހައިބަތަށް އުނިކަން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި ބުނީ ސަރުކާރުން ކޮންމެ އަހަރަކު ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމަކީ، ގައުމާއި މުޖުތަމައުގެ ލާބަޔާއި މަންފާއަށް ވަކިވަކި ފަރުދުންނާއި ވަކިވަކި މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު، ގައުމީ ފެންވަރުގައި ވަޒަން ކުރުމުގެ ގޮތުން ދޭ ގައުމީ އިނާމެއް ކަމަށެވެ.