ގައުމީ އިނާމް

ޝަރަފުވެރިކަން 10 ބޭފުޅަކަށް ހިތްވަރުދިނުން 19 ބޭފުޅަކަށް

Oct 20, 2022

ޝަރަފުވެރިކަމުގެ ގައުމީ އިނާމު 10 ބޭފުޅަކަށް އަދިހިތްވަރު ދިނުމުގެ ގައުމީ އިނާމު 19 ބޭފުޅަކަށާއި ތިން ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ދަރުބާރުގޭގައި މިރޭ މިކަމަށްޓަކައި ބޭއްވި ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލަ އެކެވެ.

ޤައުމީ އިނާމަށް ބޭފުޅުން ހޮވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ބޭފުޅުން

  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ޝާހިދު ޙަލީމް، މ. ޑައިމަންޑްވެލީ
  • ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: ހަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ
  • ދިވެހި ސަގާފަތާއި އާދަކާދައިގެ ދާއިރާއިން: އަބްދުﷲ، އާރުޒޫ، ގދ. ތިނަދޫ
  • ތައުލީމީ ދާއިރާއިން: ޑރ. އަހްމަދު އަންވަރު، ހަސަންކާރިގެ، ސ. މީދޫ
  • ސިއްހީ ދާއިރާއިން: އަހްމަދު ނާޝިދު، ހ. ރަންރިބުދޫ
  • ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން: މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
  • އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: ޒަރީނާ އަހްމަދުދީދީ، ކުމުންޒާނިގެ، ސ. ފޭދު
  • އިޖުތިމާއީ ހިމަތުގެ ދާއިރާއިން: އަހްމަދު އަލީމަނިކު، ގ. ވިޔަވަތި
  • ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން: މުހައްމަދު ސޯލިޙް، މ. ޝުއާޒް
  • މަސައްކަތްތެރިކަމުގެ ދާއިރާއިން: އާބިދާ އިސްމާއިލް އަލީ، މ. ކަނޑޫކުރި

ގައުމީ އިނާމު ލިބުނު ބޭފުޅުން

  • މުޙައްމަދު ވަޙީދު، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
  • އިލްޔާސް ހުސައިން، ސިޕަރ، ސ. ހިތަދޫ
  • ޑރ. އަލީ ޒާހިރު، މ. ހިތިމާގެ
  • އިބްރާހީމް މަމްދޫޙް، ސީނާ، ރ. ރަސްމާދޫ
  • އަލީ ނަސީރު، ހ. ވުޑްލޭންޑް
  • އައިޝަތު ޒައީމާ، ހުސްނޫވިލާ، މ. މުލައް
  • މަރްޔަމް ޝުނާނާ، ހ. ވެލަސްފަރުގެ
  • އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197)
  • މަރްޔަމް ނޫރައްދީން، މ. ތާނގީދޮށުގެ
  • އަބްދުﷲ އަލީ، ރަބީއުގެ، ށ. ފުނަދޫ
  • އަލީ ޔޫސުފް، ހިތަށްފިނިވާގެ، ޅ. ނައިފަރު
  • އަދީލް އިސްމާއީލް، މ. ސަންބީމް
  • ޖޫދީ ހާލިދު، ހ. ވަޅުފެހި
  • ފަހުދު ފާއިޒް، މ. ގްލެންވިލާ
  • އައިޝަތު އިބްރާހީމް، ހ. ކުއްޅަވަށްގަސްދޮށުގެއާގެ
  • މުހައްމަދު ހަމްދޫން، އަތިރީގެ، ސ. ހުޅުދޫ
  • ސާޖަންޓް މޭޖަރ އިސްމާއީލް މާދީ، މއ. ބެލްޖިއަމްގެ
  • މުހައްމަދު ޖައުޝަން ޝަރީފް، މ. ސެންޑްރޯސް
  • ހަސަން ފަރުޙާން މުހައްމަދު، މ. މިޓްރީޕާކް
  • މުނި އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
  • ޑީ ޓިއުން ބޭންޑް

ސަރުކާރުން ދޭ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ގައުމުގެ ތަރައްގީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަގުސަދުގައި ދޭ އިނާމެކެވެ. ގައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމެވެ.