ހަބަރު

ފުލުހުން ބޮންޑަގެ ފޯނު ގެންގޮސްފި

Mar 12, 2015

ކޯޓް އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑަ) ގެ ފޯނު ފުލުހުން ގެންގޮސްފި އެވެ.

ބޮންޑަގެ ފޯނު ފުލުހުން ގެންދިޔައީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ބޭނުންވާ ހެކި ހޯދަން ކަމަށް ފުލުހުން ބުންޏެވެ.

މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރެއްވި ބޮންޑަ ވަނީ މިދިއަ އަންގާރަ ދުވަހު ކަނޑުމަތީގައި ބަޔަކު މީހުނާއެކު މުޒާހަރާކޮށް ދޫނިދޫއަށް އަރަން މަސައްކަތްކޮށްފަ އެވެ.