- ވަޒީފާ އަދާކުރަން ރަނުގެ ފުރުސަތެއް
- ރެކްރޫމަންޓް ފެއާގައި 10 ކުދިން ނަގާނެ
- އެންމެ ރަނގަޅު ތަމްރީނާއި ތަޖުރިބާ ލިބޭނޭ
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ބާއްވާ "ރެކްރޫޓްމަންޓް ފެއާ" ބުދަ ދުވަހު ދަރުބާރުގޭގައި އޮންނާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ
"އަވަސް" އަށް ވާހަކަ ދައްކަވަމުން ރީތިރަށް ރިސޯޓުގެ ހިއުމަން ރިސޯސް ޓީމް ލީޑަރު، މުހައްމަދު އަޝްރަފު ވިދާޅުވީ އެ ރިސޯޓުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ބޭނުންވާ ކުދިން ނެގުމަށް ބާއްވާ މި ޖޮބް ފެއާ އޮންނާނީ 21 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހައެއް ޖަހަން ދެން ކަމަށެވެ
"މި ޕްރޮގްރާމަކީ 2009 އިން ފެށިގެން ކުރި އަށް ގެންދާ ވަރަށް ކާމިޔާބު ޕްރޮގްރެއް. މިއީ އަޅުގަނޑުމެން [ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓު] ގެ ސީއެސްއާރު ]އިޖުތިމާއީ ޒިންމާ] ގެ ދަށުން ޓޫރިޒަމް ދާއިރާ އަށް ދިވެހި ޒުވާނުން ނެރުމަށް ކުރި އަށް ގެންދާ ޕްރޮގްރާމެއް،" އަޝްރަފު ވިދާޅުވި އެވެ.
ވަން އެންޑް އޮންލީގެ އެޕްރެންޓިސްޝިން ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގެ މި ޕްރޮގްރާމުގައި އޭލެވަލް ފާޙޭޢޤ އޮތް ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.
އަޝްރަފު ވިދާޅުވީ މި ޕްރޮގްރާމު ކުރި އަށް ދާނީ ތިޔަރީ އާއި އޮންނަ ޖޮބް ޓްރެއިނިންއާއެކު ކަމަށެވެ.
"ޕްރޮގްރާމް ބައްޓަން ކޮށްފައިވާނީ އޮން ދަ ޖޮބް ތަމްރީންއާއެކު. މި ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންނަށް ރިސޯޓު ތަކުން ވަޒީފާ ލިބުމުގެ ފުރުސަތު ބޮޑުވާނެ،" އަޝްރަފު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ކުރި އަށް ގެންދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް 100 ޑޮލަރުގެ މުސާރައިގެ ގޮތުގައި ދޭއިރު، ސާވިސް ޗާޖުގެ ގޮތުގައި ވެސް 100 ޑޮލަރު ލިބޭނެ އެވެ.
ވަން އެންޑް އޮންލީ ރިސޯޓުން ކުރި އަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވެފައިވާ ގިނަ އަދަދެއްގެ ޒުވާނުން މިހާރު ދަނީ އެކި ރިސޯޓުތަކުގައި މަސައްކަތް ކުރަމުންނެވެ. މި އަހަރު ބާއްވާ ފެއާ އަށް ދާ ކުދިން ސީވީ އާއި އައިޑީކާޑު ކޮޕީ އަދި ޕޮލިސް ރިޕޯޓު ގެން ދިއުމަށް އެ ރިސޯޓުން އެދެ އެވެ.