ހަބަރު

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދާ 10 ކުދިން ފުރައިފި

Mar 12, 2015

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން އިންޑިޔާ އާއި ސްރީލަންކާއަށް ‏‏މިއަދު ފުރި 10 ކުއްޖަކާއި، އެކުދިންގެ އާއިލާތަކާ ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏‏މިކުދިންނާއި ބައްދަލުކޮށްލެއްވީ، މިއަދު ހެނދުނު އިބްރާހިމް ނާސިރު އިންޓަނޭޝަން ‏‏އެއާޕޯޓުގަ އެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ‏‏ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ޝުކުރު އަދާ ކުރެއްވުމުގެ ގޮތުން ހަނދާނީ ‏‏ފިލައެއް އެރުވުން އޮތެވެ. މީގެ އިތުރަށް މިއަދު ފުރި 10 ކުދިންނަށް ރައީސުލްޖުމްހޫރިއްޔާގެ ‏‏އަނބިކަނބަލުންގެ ފަރާތުންވެސް ވަނީ ހަނދާނީ ފިލާ އަރުއްވާފަ އެވެ.‏