ހަބަރު

ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމަށް އެމްއެމްއޭ އިން ހަރަކާތެއް ބާއްވައިފި

Mar 12, 2015

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގޮލޯބަލް މަނީ ވީކް ފާހަގަ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އެ އޮތޯރިޓީން ބުނީ އެ ހަރަކާތުގެ ތެރެއިން ސްކޫލް ކުދިންނާއެކު ރާއްޖޭގައި މާލީ ހިދުމަތްދޭ ހަތަރު ކުންފުންޏަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އެގޮތުންން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި އަމާނާތަކާފުލް ގެ އިތުރުން އެލައިޑް އިންޝޫރެންސް ކޮމްޕެނީ އަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ ތަންތަނަށް ގޮސް ދަރިވަރުންގެ ހުރި ސުވާލުތަކަށް އެތަންތަނުން ޖަވާބުދީ އެތަންތަނުގެ ހިދުމަތްތައް އެ ދަރިވަރުން ވަނީ ބަލާލާފައި އެވެ. އަދި އެމްއެމްއޭގެ ހިދުމަތްތައް ވެސް އެކުދިންނަށް ދައްކާލާ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވަނީ އެ ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައި އެވެ.

އެމްއެމްއޭ އިން ބުނީ މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންނަކީ އެޑިއުކޭޝަން މިނިސްޓްރީގައި އެދުމުން މާލޭގެ ބައެއް ސްކޫލްތަކުން ބައިވެރިވި ދަރިވަރުން ކަމަށެވެ. މި ހަރަކާތުގައި ޖުމްލަ 21 ދަރިވަރަކު ބައިވެރިވި ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމަށް ހޮނިހިރު ދުވަހު ހަވީރު އާާޓިފިޝަލް ބީޗުގައި ހާއްސަ ހަވީރެއް ބާއްވަން ވެސް އެމްއެމްއޭއިން ވަނީ ނިންމާފައި އެވެ.