ތިމާވެށި

ދޫނިތަކެއް ގެންގުޅުނު މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

Dec 19, 2016
19

ހިމާޔަތްކޮށްފައިވާ ދޫނިތަކެއް ގެންގުޅުން މީހެއްގެ މައްސަލަ ބަލައި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ) އިން ބޮޑު އަދަދަކުން އެމީހާ ޖޫރިމަނާކޮށްފި އެވެ.

އީޕީއޭ އިން ބުނީ ޕޮލިސް ނޯތު ޑިވިޝަނުންހިންގި އޮޕަރޭޝަނެއްގައި ބ. ދޮންފަނުގެ ގެއެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ގެއިން މީހެއް ހިމާޔަތްކޮށްފައިވާ ނުވަ ދޫންޏެއް ކޮއްޓަކަށް ލައި ބަންދުކޮށްގެން ގެންގުޅޭކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ ދޫނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އީޕީއޭއަށް ފުލުހުން ފޮނުވި ރިޕޯޓު ބަލައި އެ މީހާއަށް 111،500 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކަނޑުމަތިން ހިޖުރަ ކުރާ ދޫނިތައް ކަމަށްވާ ރަތަފައާއި، ކިރު އިލޮޅިއާ ބަކަމޫނު އަދި ސުރުމުއްޗާއި ދުށިމެގެ އިތުރުން އަލަކަ އެވެ.