ވިޔަފާރި

ބޮޑު ބަދަލަކާއެކު ޗަމްޕާ ސެންޓްރަލްގެ ރޫފް ޓޮޕް ހުޅުވައިފި

Dec 19, 2016

މާލޭގެ މެދުތެރޭގައި ހުރި އެންމެ ހިތް ގައިމު އެއް ހޮޓާ ކަމަށްވާ ޗަމްޕާ ސެންޓްރަލްގެ ރޫފް ޓޮޕް ބޮޑު ބަދަލަކާއެކު މިރޭ ހުޅުވައިފި އެވެ.

ޗަމްޕާ ބްރަދާސް އިން ހިންގާ ފުރިހަމަ ހޮޓަލުގެ 10 ވަނަ ބުރީގައި ހަދާފައިވާ "ރޫފް ޓޮޕް" ހުޅުވާފައިވާއިރު، ކުރީގައި މި ތަން ހުރި ގޮތާ ބަލާއިރު ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ. މި ފަހަރު ހުޅުއިރު ރޫފް ޓޮޕުން ތަފާތު ކެއުންތައް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ކުރިއާ ބަލާއިރު ޖާގަ ތަނަވަސްކޮށް ހިތް ގައިމު މާހައުލެއް ގެނެސްދީފައި ވެއެވެ.

މާލޭގައި އެންމެ ފުރަތަމަ ހުޅުވުނު ސިޓީ ހޮޓާ ކަމަށްވާ ސެންޓްރަލް ހޮޓެލް މަރާމާތު ކުރުމަށް ބަންދުކޮށްފައިވަނީ 2012 ވަނަ އަހަރެވެ. އަދި މި ހޮޓާ މަޝްހޫރު ޓޫރިޒަމް ކުންފުނި ޗަމްޕާ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ގަނެ، ހުޅުވާފައިވަނީ މި އަހަރުގެ އެޕްރީލް މަހު އެވެ. މި ހޮޓާ އަލަށް ހުޅުވިއިރު ގެނެސްފައިވާ މުހިންމު އެއް ބަދަލަކީ ކުރިން އެ އިމާރާތާ ޖެހިގެން ހުރި އިމާރާތް އެއް ހޮޓަލާ އެއްކޮށްލުމެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިހާރު ހިދުމަތް ދެމުން ގެންދާއިރު، އެތަނުގައި ތަފާތު ތިން ވައްތަރެއްގެ 74 ކޮޓަރި ހުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ސުޕީރިއާ ހޮޓަރި އާއި ޑިލަކްސް ކޮޓަރި އަދި އެންމެ މަތީ ފަންތީގެ މެހުމާނުން ނަށް ހިދުމަތް ދިނުމަށް ހަދާފައިވާ އެކްޒެކެޓިވް ހޮޓަރި އެވެ.