ހަބަރު

އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް މިވަގުތަކު ނުބަލަން: ޖޭއެސްސީ

Mar 12, 2015

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރާނަމަ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހިންގެވި ކަމަށް ބުނާ ކަންކަންވެސް ބަލައި ދައުވާކުރަންޖެހޭނެ ކަމަށް ވާހަކަފުޅު ދައްކަވައިގެން އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުން ނުދާ ކަމަށް ޖޭއެސްސީން ބުނެފި އެވެ.

ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް މިރޭ ވިދާޅުވީ މިހާރު މީޑިއާގައި ދައުރުވަމުންދާ ހަބަރަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެފަދަ އެއްވެސް މައްސަލަ ޖޭއެސްސީއަށް ހުށަހެޅި ވެސް ނެތް ކަމަށެވެ.

"ފަނޑިޔާރަކު ދެއްކި ކަމަށް ކަމަށް ބުނާ ވާހަތަކަކަށް ބަލައި މައްސަލައެއް ނުބަލާ. އަދި އެފަދަ ޝަކުވާއެއް ވެސް ނެތް،" ފައިސަލް ވިދާޅުވި އެވެ.