ހަބަރު

މިނިވަން ފަންސާހުގެ މިއުޒިކް ޝޯ ރައީސް ފައްޓަވައިދެއްވައިފި

Mar 13, 2015

މިނިވަން ފަންސާހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރި މިޔުޒިކް ޝޯ "މިނިވަން ފަންސާސް، ސަރިންދާ" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ފައްޓަވައިދެއްވައިފިއެވެ.

ޝޯ ފަށްޓަވައިދެއްވުމުގެ ގޮތުން، ޤައުމީ ދިދައާއި، މިނިވަން 50 ގެ ދިދައާއެކު ހީލިއަމް އެޅި 50 ފުއްޕާހަން މައްޗަށް ދޫކޮށްލުމަށް ހަރުކޮށްފައިވާ ރިބަންކޮޅު ރައީސުލްޖުމްހޫރިއްޔާ ކަނޑުއްވާލަ ދެއްވިއެވެ.