ސިއްހަތު

ގަންޖާ ބޯ ޒުވާނުންގެ ސިކުނޑިއަށް ލިބޭ ގެއްލުން ވަރަށް ބޮޑު: ދިރާސާ

0%
0%
0%

ޒުވާން އުމުރުގައި ގަންޖާ ނުވަތަ މެރުއާނާ ނެގުމަކީ ސިކުނޑި އަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިއްބައިދޭ ކަމެއް ކަމަށާއި އޭގައި އަމަލުވެގެންދާ ޒުވާނުންގެ ހަނދާނަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގައި ނެރޭ ސައިންސް ޖާނަލް، ހިޕޯކެމްޕަސްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ ރިޕޯޓްގައި ބުނެފައި ވަނީ ފުރާވަރުގައި ގަންޖާ ބޯން ފަށައިގެން އެކަމަށް އާދަވެފައިވާ ޒުވާންގެ ސިކުނޑީގެ ހިޕޯކެމްޕަސް އަށް މި މަސްތުވާބާވަތުގެ ނުރައްކާ ވަރަށް ބޮޑު ކަމަށެވެ. ހިޕޯކެމްޕަސް އަކީ ސިކުނޑީގެ ލޯންގް-ޓާމް-މެމޮރީއާ ބެހޭ މައި މަރުކަޒެކެވެ.

އެމެރިކާގެ ނޯތުވެސްޓާން ޔުނިވާސިޓީ ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ތަޖުރިބާކާރުން 97 ޒުވާނަކު ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައެއް މީހުންގެ ސިކުނޑި ސްކޭންކޮށްފައިވާއިރު، ގަންޖާގެ ސަބަބުން ހިޕޯކެމްޕަސް އަށް ލިބިފައިވާ ގެއްލުންތައް އެމްއާރްއައި ޓެސްޓްތަކަށް ފާހަގަކުރެވުނު ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ދިރާސާގައި ބޭނުންކުރި ޒުވާނުންނަނީ ތިން އަހަރު ވަންދެން ކޮންމެ ދުވަހަކު ގަވާއިދުން ގަންޖާ ބޭނުންކޮށްފައިވާ ޒުވާނުންނެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ދިރާސާގައި ބޭނުންކުރި ޒުވާނުންނަށް ހަނދާނުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވި ކަމަށާއި ދުރު ހަނދާންތައް އެއްގޮތަކަށް ވެސް ސިފަކޮށްދޭން ނޭނގޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910